10 ކޮންމެ ހިލަކޮޅެއްގައި ލިޔާނީ ހަ ނަން. އެ ނަންތައް ލިޔަން ވާނީ އިސްރާއީލުގެ އެ ދަރިން އުފަންވި ތަރުތީބުން.
ޔޫސުފުގެފާނުގެ އަޚުން އެބައިމީހުންގެ އުމުރުގެ ތަރުތީބުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އިށީނދެގެން ތިއްބެވެ. އެއީ އެންމެ ދޮށީ މީހާއިން ފެށިގެން އެންމެ ހަގު މީހާއަށް ހަމައަށް ތަރުތީބުންނެވެ. މިކަންތައް ކުރެއްވި ގޮތުން އެބައިމީހުން އެކަކު އަނެކެއްގެ މޫނަށް ހައިރާން ކަމާއެކު ބަލަމުން ދިޔައެވެ.
މި ނަންތައް މި ހިލައިގައި ބިންވަޅު ނަގަން ވާނީ ޖަވާހިރުގެ މަސައްކަތްތެރިއަކު ތަތްގަނޑެއް ކަނޑާނަގައި ހަދާ ފަދައިން. ދެން މި ހިލަކޮޅުތައް ރަނުގެ ވޮއްޓެއްގައި ހަރުކުރޭ.
ދެން ޔަމަނު ޢަޤީޤުގެ ދެ ހިލަ ގެނެސް އޭގައި އިސްރާއީލީންގެ ގަބީލާތަކުގެ ނަންތައް ބިންވަޅުނަގާ.