Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 28:1 - ކިތާބުލް މުޤައްދަސާ

1 ”⁠ކަލޭގެ ބޭބެ ހާރޫނަށާއި އޭނާގެ ފިރިހެން ދަރިން ކަމަށްވާ ނާދާބު އާއި، އަބީހޫ އާއި، އަލިޢާޒާރު އާއި، އީޘާމާރުއަށް ގޮވާ. ގޮވާ ގެނެސް އެމީހުން ބަނީއިސްރާއީލުންގެ އެހެން މީހުންނާ ވަކި ކުރޭ. އެއީ އަހަރެންގެ އިމާމުންގެ ގޮތުގައި އެމީހުން ބައިތިއްބުމަށް.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 28:1
33 ပူးပေါင်းရင်းမြစ်များ  

ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ: ”⁠މިތަނަށް އަހަރެންގެ ގާތަށް އާދޭ. އަންނަ އިރު ހާރޫނުއާއި ނާދާބު އާއި އަބީހޫ ވެސް ގެންނާތި. އަދި އިސްރާއީލީންގެ ބޮޑުންގެ ތެރޭން ހަތްދިހަ މީހުން ވެސް ގެންނާތި. އެއެންމެން އަޅުކަން ކުރަން ޖެހޭނީ ދުރުގައި ތިބެގެން.


ދެން މޫސާގެފާނާއި ހާރޫނުގެފާނާއި ނާދާބުއާއި އަބީހޫއާއި އިސްރާއީލުގެ ހަތްދިހަ ބޮޑުން އެ ފަރުބަދަ މައްޗަށް ވަޑައިގެންފިއެވެ.


ކަލޭގެ ބޭބެއާއި އޭނާގެ ދަރިން ވެސް މި ހެދުންއަޅުވާ. އަދި އެމީހުން ޚާއްސަ ކުރުމަށް ޒައިތޫނިތެޔޮ އެޅުމުގެ ރަސްމިއްޔާތު ބާއްވާ. އެގޮތުން އެމީހުންނަކީ އިމާމުންގެ ގޮތުގައި އަހަންނަށް ޚިދުމަތް ކުރެވޭ ފަދަ މާތް ހައިބަވެތި ބަޔަކަށް ހަދާ.


”⁠އަހަރެންނަށް ޚިދުމަތް ކުރުމަށް ހާރޫނާއި އޭނާގެ ދަރިން އައްޔަން ކުރާއިރު އެކަމުގެ ރަސްމިއްޔާތެއް އޮންނަން ޖެހޭނެ: އެކަމަށްޓަކައި އެއްވެސް ލަކެއް އައިބެއް ނެތް ޅަ ފިރިހެން ގެރިއަކާއި ފިރިހެން ދެ ކަންބަޅި ހޯދާ.


އަހަރެން އެ ފޭލިގެކޮޅާއި ޤުރުބާނީ އަށި ކަރާމާތްތެރި ކުރާނަން. އަދި ހާރޫނާއި އޭނާގެ ދަރިން އިމާމުންގެ ގޮތުގައި އަހަރެންނަށް ޚިދުމަތް ކުރުމަށް އައްޔަން ކުރާނަން.


އަދި ހާރޫނާއި އޭނާގެ ދަރިން ވެސް އިމާމުންގެ ގޮތުގައި އަހަރެންނަށް ޚިދުމަތް ކުރެވޭ ވަރަށް ކަރާމާތްތެރި ކުރޭ.


އަދި އުއްތަމަ އިމާމު ހާރޫނަށާއި އޭނާގެ ދަރިންނަށް ފަހާފައިވާ އިމާމުންގެ ކަރާމާތްތެރި ހެދުން ކޮޅުތަކާއި


މާތްވެގެންވާ މަޤާމުފުޅަށް ކުއްތަންވާއިރު އިމާމުން ލާން ފަހާނެ ރީތި ހެދުންތައް. އެއީ ހާރޫނުގެފާނާއި އޭނާގެ ދަރިކަލުން އިމާމުކަން ކުރާއިރު ލާނެ ކަރާމާތްތެރި ހެދުންކޮޅުތައް.⁠“


ހާރޫނު ކައިވެނިކުރީ ޢައްމީނާދާބުގެ ދަރި އަދި ނަޙްޝޫންގެ ދައްތަ އަލީޝާބައާ އެވެ. އޭނާއަށް ލިބުނީ ނާދާބު، އަބީހޫ، އަލިޢާޒާރު، އަދި އީޘާމާރު އެވެ.


އެއްފަހަރަކު ޒަކަރިއްޔާގެ ބައިގެ އިމާމުން ބައިތުލް މަޤްދިސްގައި މާތްރަސްކަލާނގެ ކިބަފުޅަށް ކުރާ އަޅުކަންތަކުގެ އިމާމުކަން ކުރުމާއި ހަވާލުވިއެވެ.


އެތަނުގައި ވީ ގަބީލާތަކުގެ ތެރޭން ކަލޭގެ ބައްޕަ ހޮއްވަވައި ޤުރުބާނީ ޖަގަހައިގައި ދުން ބަހައްޓައި އަފޫދު ހެދުމުގައި އިމާމެއްގެ ގޮތުގައި ހުރެ ތިމަންކަލާނގެއަށް ޚިދުމަތް ކުރުމާއި މަތިކުރިން. ތިމަންކަލާނގެ މައްޗަށް އިސްރާއީލުގެ މީހުން ގިނި އަންދައި ކުރާ ޤުރުބާނީގެ ބައެއް ކަލޭގެ އާއިލާ ބޭނުން ކުރުމުގެ ހުއްދަ ދިނިން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ