Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 27:21 - ކިތާބުލް މުޤައްދަސާ

21 ބައްތި ދަނޑި ހުންނަން ވާނީ ފޭލިގޭގައި ޢަހުދުނާމާ ފޮށިކޮޅު ނިވާކޮށްފައި ވާ ބައިގެ ފަރުދާގެ ކުރިމަތީގައި. ހާރޫނާއި އޭނާގެ ދަރިން، މާތްރަސްކަލާނގެ ޙަޟްރަތުގައި އެބައްތި މުޅި ރޭގަނޑު ދިއްލާފައި ބަހައްޓަން ވާނެ. މިއީ ބަނީ އިސްރާއީލީންގެ ދަރިންނަށާއި އެ ދަރިންގެ ދަރި މިރިމިރީނުން ކިޔަމަން ވާން ޖެހޭނެ އަމުރެއް.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 27:21
44 ပူးပေါင်းရင်းမြစ်များ  

މާތްކަލާނގެ އެއަލިކަމަށް ދުވާލުގެ ނަމުން ނަންދެއްވިއެވެ. އަނދިރިކަމަށް އެކަލާނގެ ރޭގަނޑުގެ ނަމުން ނަންދެއްވިއެވެ. ރޭވެފައި އަލިވެއްޖެއެވެ. އެއީ ފުރަތަމަ ދުވަހެވެ.


ދެން އެހުސްތަނަށް މާތްކަލާނގެ އުޑުގެ ނަމުން ނަންދެއްވިއެވެ. ރޭވެފައި އަލިވެއްޖެއެވެ. އެއީ ދެވަނަ ދުވަހެވެ.


ތިމަންކަލާނގެ މި ކުރި ކަންތަކުގެ ހަނދާނުގައި ކަލޭމެން މި ދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. ކަލޭމެންގެ ދަރިކޮޅު މިރިމިރީންނަށް ދިޔަޔަސް ކޮންމެ އަހަރަކު މިދުވަސް ޢީދެއްގެ ގޮތުގައި ފާހަގަ ކުރަން ވާނެޔޭ. މިއީ މާތްރަސްކަލާނގެ ކުރެއްވި މި ކަންތަކުގެ ހަނދާން އާ ކުރުމަށް ފާހަގަ ކުރާ ދުވަހެކޭ. މިކަންތައް އަބަދަށްޓަކައި މި ގޮތަށް ކުރަމުން ގެންދާށޭ.


މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިން ހާރޫނުގެފާނު ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނު ފަހުން އެ ގުޅި ބެހެއްޓެވީ ޢަހުދުނާމާ ފޮށިކޮޅުގެ ކާރީގައެވެ.


ފޮށިހަދާ ނިމުމުން އަހަރެން ކަލެއަށް ދޭ ޢަހުދުނާމާ ލިޔެވިފައިވާ ހިލަފޮތިތައް އެއަށް ލާ.


ހާރޫނާއި އޭނާގެ ދަރިން ގެކޮޅަށް ވަންނައިރު އަދި މާތް މަޤާމުފުޅު ހުންނަ ޤުރުބާނީ އަށިދޮށަށް ގޮސް ޤުރުބާނީ ހުށަހަޅާއިރު ތިބެން ވާނީ މިހެދުން އަޅައިގެން. އޭރަކުން އެމީހުން ފާފަވެރިވެ އެކުށުގައި މަރުވާކަށް ނުޖެހޭނެ. މިއީ ހާރޫނާއި އޭނާގެ ދަރިކޮޅުގެ އެންމެންނަށް ކުރެވޭ ދާއިމީ އަމުރެއް.⁠“


މީގެ ފަހުން އިސްރާއީލީން އަހަންނާމެދު ގުޅުންބަދަހި ކުރުމުގެ ޤުރުބާނީތަކުން ވެސް މި ބައިތައް ވަކި ކުރޭ. މިއީ އަބަދުވެސް އިމާމުންނަށް ޙައްޤުވާ ބައި. މިއީ އަހަރެންގެ ކިބައަށް އިސްރާއީލީން ހުށަހަޅާ ކަރާމާތްތެރި ތަކެތި.


މި އެންދުމުގެ ޤުރުބާނީ އަކީ ކޮންމެ ދުވަހަކު ކަލޭމެންގެ ދަރިކޮޅަށް ދެމިގެން ދާނެހެން އަބަދުވެސް އަހަރެންގެ މައްޗަށް ކުރަން ޖެހޭނެ ޤުރުބާނީއެއް. މި ޤުރުބާނީ ހުށަހަޅަން ވާނީ މި ފޭލިގޭގެ ދޮރުމަތީގައި. އެތަނުގައި އަހަރެން ކަލޭމެންގެ ގާތަށް އައިސް ބައްދަލުކޮށް ވާހަކަ ދައްކާނަން.


އަހަރެން އެ ފޭލިގެކޮޅާއި ޤުރުބާނީ އަށި ކަރާމާތްތެރި ކުރާނަން. އަދި ހާރޫނާއި އޭނާގެ ދަރިން އިމާމުންގެ ގޮތުގައި އަހަރެންނަށް ޚިދުމަތް ކުރުމަށް އައްޔަން ކުރާނަން.


އެމީހުން އަބަދުވެސް ތިބެން ޖެހޭނީ އަތާ ފައި ދޮވެގެން. އެހެންނޫނީ އެމީހުން މަރުވެދާނެ. މިއީ ހާރޫނާއި އޭނާގެ ދަރިންނާއި ދަރިކޮޅު ތާ އަބަދަށް ކިޔަމަން ވާން ޖެހޭނެ ޤާނޫނެއް.⁠“


މީގެ ބައެއް ހިމުންކޮށް ފުނޑައި ފޭލިގެ ތެރޭގައި އަހަރެން ކަލެއާ ބައްދަލު ކުރާތަނުގައި، ޢަހުދުނާމާ ފޮށި ކުރިމަތީގައި ބަހައްޓާ. މިއީ މާތް އެއްޗެއްކަން ކަލޭމެން ދަންނަން ވާނެ.


އަދި ކޮންމެ ދުވަހަކު އިރުއޮއްސޭދަނުގައި ބައްތި ދިއްލަން އައިސް އަހަރެންގެ ކުރިމަތީގައި ދުން އަޅަން ވާނެ. މި ކަންތައް ކަލޭމެންގެ ދަރިދަރިކޮޅާ ހަމައަށް ކުރަމުން ގެންދަން ވާނެ.


ޢަހުދުނާމާ ފޮށިކޮޅު ބަހައްޓައި އެތެރޭގެ ފަރުދާ ދަމައި އެންމެ މުޤައްދަސް މަޤާމުފުޅުގައި ފަރުދާ ދަމައި ނިވާ ކުރޭ.


އެތަނުގައި އަނދިރީގައި ދިރިއުޅެމުންދާ މީހުންނަށް ގަދަފަދަ އަލިކަމެއް ފެނިއްޖެއޭ! މަރުގެ ހިޔަނީގެ ތެރޭގައި ތިބި މީހުންގެ މައްޗަށް އަލިނޫރު ދިއްލިއްޖެއޭ!


”⁠ހެދުން އަޅާ މަސައްކަތަށް ތައްޔާރުވެގެން ތިބޭ. ކަލޭމެންގެ ބައްތިތައް ދިއްލާފައި ބަހައްޓާ.


ޔަޙުޔާގެފާނު ހުރީ އަލިގަދަ ބައްތިއެއް ފަދައިން ވިދަވިދާ. އަދި ކަލޭމެން އެކަލޭގެފާނުގެ ކިބައިން ލިބެމުން ދިޔަ އަލިކަމުން ދުވަސްކޮޅަކަށް އުފާ ހާސިލް ކުރި.


އެފަދަ ތަޖުރިބާކަމުގެ ސަބަބުން އަހަރެމެންނަށް ނަބީން ގެންނެވި ބަސްފުޅުތަކާމެދު އިތުރު އިތުބާރެއް ލިއްބާދެއެވެ. އެބޭކަލުން ލިޔުއްވާފައިވާ ބަސްފުޅުތަކާއިމެދު ސަމާލުވާށެވެ. އެބޭކަލުންގެ ބަސްފުޅުތައް އަނދިރި ތަނެއްގައި ބަބުޅަމުން ދާ އަލިކަންފަދައިން ވެއެވެ. އެއީ އަލްމަސީޙު އެނބުރި ވަޑައިގެން ފަޖުރުތަރި ފަދައިން ތިޔަބައިމީހުންގެ ހިތްތަކުގައި ވިދާ ބަބުޅާ ދުވަހަށް ދާންދެނެވެ.


”⁠އެފޭސުސްގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ ކަނާއަތުން ހަތް ތަރި ހިފަހައްޓައިގެން ހުރެ ބައްތި އަޅުވާ ރަނުގެ ހަތް ހަރުގެ މެދުގައި ހިނގަމުން ދިޔަ ފަރާތުން ދިން ޚަބަރެއް.


އޭރު އަދި މާތްރަސްކަލާނގެ ގެކޮޅުގެ ބައްތި ވެސް ނުނިވެއެވެ. ޞަމޫއީލް މާތްރަސްކަލާނގެ ގެކޮޅުގައި ހުރި ޢަހުދުނާމާ ފޮށިކޮޅު ކައިރީގައި ތަންމަތި އަޅައިގެން އޮށޯވެ އޮތެވެ.


މި އުސޫލު އިސްރާއީލުގައި މި ލިއުނު ދުވަސްވަރާ ހަމަޔަށް ވެސް ގާއިމު ވެފައި އޮތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ