Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 27:16 - ކިތާބުލް މުޤައްދަސާ

16 އެތެރެއަށް ވަންނަ ތަނުގައި ހުންނަ ފަރުދާގެ ހުރަހުގައި ތިރީސް ފޫޓު ބަހައްޓާ. މި ފަރުދާ ހުންނަން ވާނީ މޮޅުފޮތިން ވިޔެފައި. އަދި އޭގައި ވެސް ނުލާއި ދަނބާއި ގަދަރަތް ރޮދިން ކުރެހުން އަޅާ ޖަރީކޮށްފައި ބަހައްޓާ. އެ ފަރުދާ ހަރުކޮށްފައި ހުންނަން ވާނީ ވަކިން ހުންނަ ހަތަރު ތަނބުގައި އެއަށް ބުޑުތަކުގެ މަތީގައި.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 27:16
10 ပူးပေါင်းရင်းမြစ်များ  

ފޭލިގޭގެ ތެރޭގައި ލިނެން ފޮތިން ވިޔެފައިވާ ޚާއްސަ ފަރުދާއެއް ދަމާ. އެ ފަރުދާގައި ނުލާއި ދަނބު ކުލައާއި ގަދަރަތް ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ކުރަހައި ޖަރީކޮށްފައި ހުންނަންވާނެ.


ފޭލިގެއަށް ވަންނަ ދޮރުމަތީގައި އެހެން ފަރުދާއެއް ދަމާ. އެއީވެސް މޮޅަށް ވިޔެފައިވާ ފޮތީގެ ފަރުދާއަކަށް ވާންވާނެ. އޭގައި ވެސް ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ރޮދިން ކުރެހުން އަޅައި ޖަރީކުރޭ.


ވައަތްފަރާތުގެ ފަރުދާގައި ވެސް ހުންނަން ވާނީ ބާވީސް ފޫޓު ބައި. މި ވެސް ހުންނަން ވާނީ ތިން ބުޑުގައި މަތީ ހަރު ކުރެވިފައިވާ ތިން ތަނބުގައި.


ގޯތީގައި ހުންނަ ހުރިހާ ތަނބެއްގައި ވެސް ހަރުކޮށްފައި ހުންނަން ވާނީ ރިހި ބުޅިތަކާއި ރިހި ބޮޅުތައް. އަދި ތަނބުތައް ހުންނަން ވާނީ ކަފުލޯގެ ބުޑުތަކުގެ މަތީގައި.


ހާރޫނުގެ ގަމީސް މޮޅު ލިނެން ފޮތީގައި ވިޔޭ. އޭނާގެ ފަގުޑި ވެސް މި ފޮތިން ވިޔޭ. އަދި އުނަގަނޑު ކަމަރު ވެސް ޖަރީކޮށްގެން ހަދާ.


ފޭލިގެކޮޅުގެ ދޮރުކޮޅުމަތީގައި ދެމުމަށް މޮޅަށް ވިޔެފައިވާ ލިނެން ފޮތީގެ ފަރުދާއެއް އެމީހުން ތައްޔާރު ކުރިއެވެ. އަދި އޭގައި ނޫކުލައާއި ދަނބު ކުލައާއި ގަދަރަތްކުލައިގެ ރޮދިން ކުރެހުން އަޅައި ޖަރީކުރިއެވެ.


އެމީހުން ކަމަރު ހެދީ މޮޅު ލިނެން ފޮތިންނެވެ. އަދި އޭގައި ނުލާއި ދަނބާއި ގަދަރަތް ކުލަ ރޮދިން ޖަރީކުރިއެވެ. އެވެސް އެ ތައްޔާރުވީ މޫސާގެފާނަށް މާތްރަސްކަލާނގެ އަންގަވައިފައިވާ ގޮތަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ