12 ހުޅަނގުފަރާތު ފަރުދާ ދިގުމިނުގައި ހުންނަން ވާނީ ހަތްދިހަ ފަސް ފޫޓު. އެވެސް ހުންނަން ވާނީ ދިހަ ބުޑުގެ މަތީ ހަރުކޮށްފައި ހުރި ދިހަ ތަނބު މަތީގައި.
އަދި މި ވިހި އޮނިގަނޑުގެ ދަށުގައި ރިހީން ސާޅީސް ބުޑު ބަހައްޓާ. އެއީ އެ ދެ އޮނިގަނޑުގައި ވާ އިލިތައް މި ބުޑުތަކުގައި ވާ ލޯވަޅުތަކަށް ވަދެ ރަނގަޅަށް ފިޓުވެފައި ހުންނާނެ ހެން.
އުތުރުގައި ދަމާ ފަރުދާތަކާއި ތަނބުތަކާއި ބުޑުތައް ވެސް މިހެން ހަދާ.
ގޯތިތެރެއަށް ވަންނަ ފަރާތް ކަމަށްވާ އިރުމަތީ ފަރާތުގެ ފަރުދާގެފުޅާ މިނުގައި ވެސް ހުންނަން ވާނީ ހަތްދިހަ ފަސް ފޫޓު.