ނެރުއްވުން 27:10 - ކިތާބުލް މުޤައްދަސާ10 އެ ފަރުދާ ހަރުކޮށްފައި ހުންނަން ވާނީ ކަފުލޮއިގެ ވިހި ބުޑު މަތީގައި ބެހެއްޓިފައިވާ ތަނބުތަކުގައި. ފަރުދާތައް ތަނބުތަކުގައި ހަރުކުރަން ވާނީ ރިހީގެ ބޮޅުތަކާއި ބުޅިތަކުން. အခန်းကိုကြည့်ပါ။ |
އަދި ވަށައިގެން ދަމާފައިވާ ފަރުދާ ހިފަހައްޓާ ތަނބުތައް ބެހެއްޓުމަށް ބުޑުތައް ހަދާފައި ވަނީ ވެސް މި ކަފުލޮއިންނެވެ. ފޭލިގެކޮޅަށް ވަންނަ ދޮރުކޮޅުގެ ފަރުދާ ހިފަހައްޓާ ތަނބުތަކުގެ ބުޑުތައް ވެސް ހަދާފައި ވަނީ މި ކަފުލޮއިންނެވެ. އަދި ފޭލިގެކޮޅާއި ގޯތިތެރޭގައި ފޭލިކޮޅު ވަށައިގެން ހިފެހެއްޓުމަށް ބަނދެފައި ހުންނަ އިލިތައް ވެސް ވަނީ މި ކަފުލޮއިން ހަދާފައެވެ.