Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 26:36 - ކިތާބުލް މުޤައްދަސާ

36 ފޭލިގެއަށް ވަންނަ ދޮރުމަތީގައި އެހެން ފަރުދާއެއް ދަމާ. އެއީވެސް މޮޅަށް ވިޔެފައިވާ ފޮތީގެ ފަރުދާއަކަށް ވާންވާނެ. އޭގައި ވެސް ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ރޮދިން ކުރެހުން އަޅައި ޖަރީކުރޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 26:36
19 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ އިސްރާއީލުގެ މީހުން މިޞްރުން ނެރުއްވީއްސުރެން ވެސް ތިމަންކަލާނގެ ގެއެއްގައި ވޮޑިގެންފައެއް ނުވާނެޔޭ. ތިމަންކަލާނގެ ވޮޑިގެންފައި ވަނީ އެއްތަނުން އަނެއްތަނަށް ދަތުރު ކުރި ފޭލިގެއެއްގައޭ.


ފޭލިގޭގެ ތެރޭގައި ލިނެން ފޮތިން ވިޔެފައިވާ ޚާއްސަ ފަރުދާއެއް ދަމާ. އެ ފަރުދާގައި ނުލާއި ދަނބު ކުލައާއި ގަދަރަތް ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ކުރަހައި ޖަރީކޮށްފައި ހުންނަންވާނެ.


އެތެރެއަށް ވަންނަ ތަނުގައި ހުންނަ ފަރުދާގެ ހުރަހުގައި ތިރީސް ފޫޓު ބަހައްޓާ. މި ފަރުދާ ހުންނަން ވާނީ މޮޅުފޮތިން ވިޔެފައި. އަދި އޭގައި ވެސް ނުލާއި ދަނބާއި ގަދަރަތް ރޮދިން ކުރެހުން އަޅާ ޖަރީކޮށްފައި ބަހައްޓާ. އެ ފަރުދާ ހަރުކޮށްފައި ހުންނަން ވާނީ ވަކިން ހުންނަ ހަތަރު ތަނބުގައި އެއަށް ބުޑުތަކުގެ މަތީގައި.


”⁠ދެން ވަރަށް ފަންނުވެރި ކަމާއެކު މޭމަތީ ފޮތިގަނޑު އަފޫދާ އެއް ވައްތަރަކަށް ތައްޔާރު ކުރޭ. މި ފޮތިގަނޑު ރަނާއި ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ރޮދިން ވިޔޭ. އަހަރެންގެ ކިބައިން ކަންކަމަށް މަގުދެއްކުން އެދޭ ހިނދު މި ފޮތިގަނޑު އަޅާ.


ހާރޫނުގެ ގަމީސް މޮޅު ލިނެން ފޮތީގައި ވިޔޭ. އޭނާގެ ފަގުޑި ވެސް މި ފޮތިން ވިޔޭ. އަދި އުނަގަނޑު ކަމަރު ވެސް ޖަރީކޮށްގެން ހަދާ.


ފޭލިގެކޮޅާއި އެތަނުގެ ނިވާތަކާއި އެތަކެތި ހަރުކުރާ ބުޅިތަކާއި އޮނިގަނޑުތަކާއި ހުރަސްދަނޑިތަކާއި ތަނބުތަކާއި އޭގެ ބުޑުތައް؛


ދުންބުރުވާ އައްޓާއި އެ އުފުލާ ދަނޑިތައް؛ އުނގުޅާ ތެލާއި އޭގައި މީރު ވަސްދުއްވާނެ ތަކެތި؛ ފޭލިގެކޮޅަށް ވަންނަ ދޮރުމަތީ ދަމާ ފަރުދާ؛


ފޭލިގެކޮޅުގެ ދޮރުކޮޅުމަތީގައި ދެމުމަށް މޮޅަށް ވިޔެފައިވާ ލިނެން ފޮތީގެ ފަރުދާއެއް އެމީހުން ތައްޔާރު ކުރިއެވެ. އަދި އޭގައި ނޫކުލައާއި ދަނބު ކުލައާއި ގަދަރަތްކުލައިގެ ރޮދިން ކުރެހުން އަޅައި ޖަރީކުރިއެވެ.


މެދުގޯއްޗަށް ވަނުމަށް ހުރި ދޮރުކޮޅުގެ ފަރުދާ ހަދާފައި ހުރީ ނުލާއި ދަނބާއި ގަދަރަތް ރޮދިން ކުރެހުން އަޅާ ޖަރީކޮށްފައި ވާ މޮޅު ލިނެން ފޮތިންނެވެ. އޭގެ ދިގުމިނުގައި ތިރީސް ފޫޓު އުސްމިނުގައި ހަތް ފޫޓުބައި ހުއްޓެވެ. ގޯތީގެ ވަށައިގެންވާ ފަރުދާގެ އުސްމިނަކީ ވެސް މިއީއެވެ.


އެމީހުން ކަމަރު ހެދީ މޮޅު ލިނެން ފޮތިންނެވެ. އަދި އޭގައި ނުލާއި ދަނބާއި ގަދަރަތް ކުލަ ރޮދިން ޖަރީކުރިއެވެ. އެވެސް އެ ތައްޔާރުވީ މޫސާގެފާނަށް މާތްރަސްކަލާނގެ އަންގަވައިފައިވާ ގޮތަށެވެ.


ދެން އެމީހުން އެ ފޭލިގެކޮޅު އެއްކޮށް މޫސާގެފާނުގެ އަރިހަށް ގެނަސްފިއެވެ: ފޭލިކޮޅާއި އޭގެ ފެހާމާނުތަކާއި ދަތިތަކާއި އޮނިގަނޑުތަކާއި ހުރަސްދަނޑިތަކާއި ތަނބުތަކާއި އޭގެ ބުޑުތައް.


ދެން ދުންއަޅާ ރަންއަށި ގެނެސް ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީ ބަހައްޓާ. އަދި ވަންނަ ދޮރު ކުރިމަތީ ފަރުދާ ދަމާ.


އަހަރެން މިއީ ދޮރު. އަހަރެން މެދުވެރިކޮށް ވަންނަ މީހުންނަށް ދިންނެވުން ލިބޭނެ. އަދި އެމީހުން ކޮންމެ ތާނކަށް ދިޔަ ނަމަވެސް އެތަނުގައި އެމީހުންނަށްޓަކައި ފެހިވިނައިގެ ދަނޑުތައް ފެންނާނެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ