34 ދެން ޢަހުދުނާމާ ފޮށިކޮޅުގެ މަތިޖަހާ. އެ މަތިކޮޅަކީ ކައްފާރާގެ މަޤާމުފުޅު. އެ ފޮށިކޮޅު ގުދުސްވަންތަ އެންމެ ޤުދުސީ މަގާމުފުޅުގައި ބަހައްޓާ.
ޢަހުދުނާމާ ލިޔެވިފައިވާ ހިލަފޮތިތައް އަހަރެން ދޭނަން. އެ ހިލަ ފޮތިތައް ފޮށިތެރެއަށް ލާފައި މަތިޖަހާ.
އެއަށް ފަހު އަމުރުފުޅު ލިޔެވިފައިވާ ދެ ހިލަފޮތި ޢަހުދުނާމާ ފޮށިކޮޅު ތެރެއަށް ލެއްވިއެވެ. ދެން ފޮށިކޮޅު އުފުލުމަށް ހަދާފައިވާ ދަނޑިތައް ފޮށިކޮޅުގެ ބޮޅުތަކުގެ ތެރެއަށް ލައްވައި، ކައްފާރާގެ މަޤާމުފުޅު ކަމަށްވާ މަތިގަނޑު ޖެއްސެވިއެވެ.
ފޮށިކޮޅުގެ ފިޔަނުގައި ބަހައްޓާފައި ވަނީ ޖަލާލުވަންތަކަން ރަމްޒުކޮށް ދައްކައިދޭ ކަރޫބީމު މަލާއިކަތުންގެ ސޫރައެވެ. އޭގެފިޔަތައް ނިއުޅާފައި އެވަނީ އަފޫކުރެއްވުމުގެ މަޤާމުފުޅާ ދިމާ މަތީގައެވެ. މިއީ މިކަންތަކުގެ ތަފުސީލަށް ދާންވީ ވަގުތެއް ނޫނެވެ.