ނެރުއްވުން 26:3 - ކިތާބުލް މުޤައްދަސާ3 މި ފަރުދާތަކުގެ ތެރޭން ފަސް ފަރުދާ އެއްކޮށް ބޮޑު އެއް ފަރުދާއަކަށް ހަދާ. ދެވަނަ ފަރުދާ ވެސް ފަސް ފަރުދާ ގުޅުވައިގެން ހަދާ. အခန်းကိုကြည့်ပါ။ |
އަޅުގަނޑުގެ ދުޢާއަކީ އެމީހުން އެކަތިގަނޑަކަށް ހައްދަވައި ދެއްވުން. ބައްޕާފުޅާ! އަޅުގަނޑުގެ ކިބައިގައި ބައްޕާފުޅު ވާފަދައިން އަދި ބައްޕާފުޅުގެ ކިބައިގައި އަޅުގަނޑު ވެސް ވާފަދައިން އެމީހުން ވެސް ބައްޕާފުޅާއި އަޅުގަނޑުގެ ކިބައިގައި ލައްވާށި. އޭރުން ދުނިޔޭގެ މީސްތަކުންނަށް އަޅުގަނޑު ފޮނުއްވީ ބައްޕާފުޅުކަން ގަބޫލުކޮށް އީމާންވެވޭނެ.
އެހެނީ އެފަދަ މީހުންނަކީ އީސާގެފާނާ ގުޅިފައިވާ ބަޔެއް ނޫނެވެ. އެކަލޭގެފާނަކީ ޖަމާޢަތުގެ އިސް ވެރިޔާ ކަމުގައި ވީ އިރު ވެސް މެއެވެ. އެކަލޭގެފާނަކީ ހަށިގަނޑު ގެ ބޮލެވެ. އެހެންކަމުން ހަށިގަނޑު ވާނީ އެކަލޭގެފާނުގެ އިޚުތިޔާރުގެ ދަށުގައެވެ. ހުރިހާ ހުޅުހުޅުތަކާއި ގުނަވަންތައް އެކަލޭގެފާނާ ގުޅިފައިވުމުން މާތްކަލާނގެ އިރާދަފުޅާ އެކުގައި އެ ހަށިގަނޑު ހެދިބޮޑުވަމުން ދެއެވެ.
އަހަރެންގެ މަގުސަދަކީ އެމީހުންނަށް ހިތްވަރު ދިނުމެވެ. އަދި އެއްބަޔަކު އަނެއްބަޔަކަށް ލޮބުވެތިވެ އެއްބައިވަންތަކަމާއެކު ގުޅި ލާމެހިފައިވުމެވެ. އަހަރެންގެ އެދުމަކީ އެމީހުންނަށް މާތްރަސްކަލާނގެ ވަންހަނާ ކުރައްވާފައިވާ ރޭވުންތަކާ ބެހޭ ޚަބަރުތައް ކަމަށްވާ އަލްމަސީޙާ ބެހޭ ޚަބަރުތައް، އެމީހުންނަށް ފުރިހަމައަށް ޔަޤީންކުރެވި އޮޅުންފިލުވައި ދިނުމެވެ.