25 ފޭލިގޭގެ ފަހަތުބައިގައި ހުންނާނީ މިކަހަލަ އަށް އޮނިގަނޑު. މި އޮނިގަނޑުތައް ހުންނަން ވާނީ ރިހީގެ ސޯޅަ ބުޑު މަތީގައި. އެއީ ކޮންމެ އޮނިގަނޑެއްގެ ދަށުގައި ދެ ބުޑު ބެހެއްޓިފައި ވާނެ ހެން.
އަދި މި ވިހި އޮނިގަނޑުގެ ދަށުގައި ރިހީން ސާޅީސް ބުޑު ބަހައްޓާ. އެއީ އެ ދެ އޮނިގަނޑުގައި ވާ އިލިތައް މި ބުޑުތަކުގައި ވާ ލޯވަޅުތަކަށް ވަދެ ރަނގަޅަށް ފިޓުވެފައި ހުންނާނެ ހެން.
މި ދެ ކަނުގައި ހުންނަން ވާނީ ތިރީން ފެށިގެން މައްޗަށް އެއްގޮތަކަށް ދެ އޮނިގަނޑު ހަދައި އެއް ބޮޅަކުން ގުޅުވާފައި. މި ދެ ކަނުގައި ވެސް އޮނިގަނޑުތައް ހުންނަންވާނީ އެއް ގޮތަކަށް.
މި އޮނިގަނޑުތައް ހަރުކުރުމަށް އަކާސިޔާ ލަކުޑިން ހުރަސް ބެރި އަޅާ. އުތުރުފަރާތުގައި ފަސްބެރި އަޅާ.
މި ގޮތަށް އެމީހުން އަށް އޮނިގަނޑު ހެދިއެވެ. އޭގެ ކޮންމެ އޮނިގަނޑެއްގެ ދަށަށް ދެ ބުޑު ވާނޭހެން ސޯޅަ ބުޑު ތައްޔާރު ކުރިއެވެ.
ފޭލިގެކޮޅުގެ އެންމެ އެތެރެ ބައިގެ ބިތާއި ތަނބުތަކާއި އެތެރޭ ފަރުދާ ހަރުކުރާ ބުޑުތައް ހަދަން ތިރީސް ހަތަރު ކިލޯ ރިހި ބޭނުން ކުރެވުނެވެ. އަދި ތަނބުތަކުގެ ބުޑަކަށް ހަތްދިހަ ފަސްރާތާ ރިހި ބޭނުން ކުރެވުނެވެ.