2 މި ފަރުދާތައް ހުންނަން ވާނީ އެއް މިނަކަށް، މި ދިހަ ފަރުދާގެ ދިގުމިނުގައި ސާޅީސް ދެފޫޓު ފުޅަލުގައި ހަ ފޫޓް ހުންނަންވާނެ.
އެއްދުވަހަކު ދާއޫދުގެފާނު ނާޘާން ނަބީކަލޭގެފާނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ”ނިކަން ބަލާބަލަ! އަހަރެން އުޅެމުން މިދަނީ ސަނޫބަރު ލަކުޑީގެ ގަނޑުވަރެއްގާ. އެކަމަކު މާތްކަލާނގެ ފޮށިކޮޅު އެވަނީ ފޭލިގެގަނޑެއްގައި.“
”ފޭލިގެ ތައްޔާރު ކުރަން ވާނީ މޮޅަށް ވިޔެފައިވާ ފޮތީގެ ދިހަ ފަރުދާ ބޭނުންކޮށްގެން. ފަރުދާގައި ނޫކުލައާއި ދަނބު ކުލައާއި ގަދަ ރަތް ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ޖަރީ ކޮށްފައި ބަހައްޓަން ވާނެ.
މި ފަރުދާތަކުގެ ތެރޭން ފަސް ފަރުދާ އެއްކޮށް ބޮޑު އެއް ފަރުދާއަކަށް ހަދާ. ދެވަނަ ފަރުދާ ވެސް ފަސް ފަރުދާ ގުޅުވައިގެން ހަދާ.