19 އަދި މި ވިހި އޮނިގަނޑުގެ ދަށުގައި ރިހީން ސާޅީސް ބުޑު ބަހައްޓާ. އެއީ އެ ދެ އޮނިގަނޑުގައި ވާ އިލިތައް މި ބުޑުތަކުގައި ވާ ލޯވަޅުތަކަށް ވަދެ ރަނގަޅަށް ފިޓުވެފައި ހުންނާނެ ހެން.
ކޮންމެ އޮނިގަނޑެއް އެކަތި އަނެކައްޗާ ގުޅުވުމަށް ދެ އިލި ހަރުކުރޭ. ހުރިހާ އޮނިގަނޑެއް ވެސް ހުންނަންޖެހޭނީ އެއްގޮތަކަށް.
ފޭލިގެކޮޅުގެ ދެކުނުފަރާތުގައި ބެހެއްޓުމަށް މިކަހަލަ ވިހި އޮނިގަނޑު ހަދާ.
ފޭލިގޭގެ އުތުރު ފަރާތަށް ވެސް މިކަހަލަ ވިހި އޮނިގަނޑު ހަދާ.
ފޭލިގޭގެ ފަހަތުބައިގައި ހުންނާނީ މިކަހަލަ އަށް އޮނިގަނޑު. މި އޮނިގަނޑުތައް ހުންނަން ވާނީ ރިހީގެ ސޯޅަ ބުޑު މަތީގައި. އެއީ ކޮންމެ އޮނިގަނޑެއްގެ ދަށުގައި ދެ ބުޑު ބެހެއްޓިފައި ވާނެ ހެން.
އަދި އަކާސިޔާ ލަކުޑިން ފަސް ތަނބު ހަދައި އޭގައި ރަން އުނގުޅައި އެ ފަރުދާ ރަނުގެ ބުޅީގައި އަޅުވާ. މި ތަނބުތައް ކަފުލޮއިން ފަސް ބުޑު ހަދައި އޭގެ މަތީގައި ބަހައްޓާ.“
އެ ފަރުދާ ހަރުކޮށްފައި ހުންނަން ވާނީ ކަފުލޮއިގެ ވިހި ބުޑު މަތީގައި ބެހެއްޓިފައިވާ ތަނބުތަކުގައި. ފަރުދާތައް ތަނބުތަކުގައި ހަރުކުރަން ވާނީ ރިހީގެ ބޮޅުތަކާއި ބުޅިތަކުން.
ފޭލިގެކޮޅުގެ އެންމެ އެތެރެ ބައިގެ ބިތާއި ތަނބުތަކާއި އެތެރޭ ފަރުދާ ހަރުކުރާ ބުޑުތައް ހަދަން ތިރީސް ހަތަރު ކިލޯ ރިހި ބޭނުން ކުރެވުނެވެ. އަދި ތަނބުތަކުގެ ބުޑަކަށް ހަތްދިހަ ފަސްރާތާ ރިހި ބޭނުން ކުރެވުނެވެ.
މޫސާގެފާނު އެފޭލިގެކޮޅު ޖެއްސެވުމަށް ފުރަތަމަ ކުރެއްވި ކަމަކީ އޮނިގަނޑުތައް ބަހައްޓަން ހަދާފައިވާ ބުޑުތައް ބެހެއްޓެވީއެވެ. ދެން އޮނިގަނޑުތައް އެ ބުޑުތަކުގައި ހަރުކުރެއްވީއެވެ. އޭގެ ފަހުން ހުރަސް ދަނޑިތަށް އެފުރޭމުގައިވާ ބޮޅުތަކުގެ ތެރެއަށް ލައްވާ ތަނބުތައް ކޮއްޅަށް ޖެއްސެވީއެވެ.