12 މި ފަރުދާއިން ބާކީވާ ތިން ފޫޓު ފޭލިގެ ފުރަގަހުގައި އެލުވާ.
ދެން ކަފުލޯ ފަންސާސް ދަތި ހަރުކޮށް އަނެއް ފަރުދާގައި ހުރި މަޅިތަކުގައި ހަރުކުރޭ. މިގޮތުން މުޅި ފޭލިގޭގެ އުރަ ހުންނާނީ އެއް ފޮތިގަނޑަކުން.
މި ފަރުދާގެ ބާކީވާ އަށާރަ އިންޗި ދަށުގައިވާ ފަރުދާގެ މަތިން އަޅާ. އޭރުން ފޭލިގެކޮޅު އެއްކޮށް ނިވާކޮށް ފޮރުވާލެވޭނެ.
އަދި ބަކަރި ކެހެރި ފޮތިން ހިޔާ ކުރާ އެގާރަ ފަރުދާ ހަދާ. އެއީ ފޭލިގޭގެ މަތީގައި އެޅުމަށް.