Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 26:1 - ކިތާބުލް މުޤައްދަސާ

1 ”⁠ފޭލިގެ ތައްޔާރު ކުރަން ވާނީ މޮޅަށް ވިޔެފައިވާ ފޮތީގެ ދިހަ ފަރުދާ ބޭނުންކޮށްގެން. ފަރުދާގައި ނޫކުލައާއި ދަނބު ކުލައާއި ގަދަ ރަތް ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ޖަރީ ކޮށްފައި ބަހައްޓަން ވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 26:1
29 ပူးပေါင်းရင်းမြစ်များ  

އެއްދުވަހަކު ދާއޫދުގެފާނު ނާޘާން ނަބީކަލޭގެފާނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ. ”⁠ނިކަން ބަލާބަލަ! އަހަރެން އުޅެމުން މިދަނީ ސަނޫބަރު ލަކުޑީގެ ގަނޑުވަރެއްގާ. އެކަމަކު މާތްކަލާނގެ ފޮށިކޮޅު އެވަނީ ފޭލިގެގަނޑެއްގައި.⁠“


އަދި ރަނުން އަތްކަން ކޮށް މަރުތޭލުން ތަޅައިގެން ހަދާފައިވާ ކަރޫބީމުގެ ދެ ސޫރަ އެ ފޮށީގެ މަތިގަނޑުގެ ދެކޮޅުގައި ބަހައްޓާ. އަދި އެ ދެ ސޫރަ އަތްކަންކޮށް މަތިގަނޑާ އެއްކޮށް އެކަތިގަނޑަކަށް ހަދާ.


ނުލާއި ދަނބާއި ގަދަރަތް ރޮދި؛ މޮޅު ލިނެން ފޮއްޗާއި ބަކަރި ކެހެރި؛


އިސްރާއީލީން ލައްވާ ތިމަން ކަލާނގެ އެމީހުންގެ ގާތު އުޅުއްވުމަށް ކަމުދާ ކަހަލަ މާތް ގެކޮޅެއް ތައްޔާރު ކުރުވާ.


މި ފަރުދާތައް ހުންނަން ވާނީ އެއް މިނަކަށް، މި ދިހަ ފަރުދާގެ ދިގުމިނުގައި ސާޅީސް ދެފޫޓު ފުޅަލުގައި ހަ ފޫޓް ހުންނަންވާނެ.


ފޭލިގޭގެ ތެރޭގައި ލިނެން ފޮތިން ވިޔެފައިވާ ޚާއްސަ ފަރުދާއެއް ދަމާ. އެ ފަރުދާގައި ނުލާއި ދަނބު ކުލައާއި ގަދަރަތް ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ކުރަހައި ޖަރީކޮށްފައި ހުންނަންވާނެ.


ފޭލިގެއަށް ވަންނަ ދޮރުމަތީގައި އެހެން ފަރުދާއެއް ދަމާ. އެއީވެސް މޮޅަށް ވިޔެފައިވާ ފޮތީގެ ފަރުދާއަކަށް ވާންވާނެ. އޭގައި ވެސް ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ރޮދިން ކުރެހުން އަޅައި ޖަރީކުރޭ.


ފޭލިގެ ކޮޅާއި ޢަހުދުނާމާ ފޮށިކޮޅާއި ކައްފާރާގެ މަޤާމު ކަމަށްވާ އެފޮށީގެ މަތިގަނޑާއި އަދި ފޭލިގެކޮޅުގައިވާ އެންމެހާ ތަކެއްޗާއި


ފޭލިގެކޮޅާއި އެތަނުގެ ނިވާތަކާއި އެތަކެތި ހަރުކުރާ ބުޅިތަކާއި އޮނިގަނޑުތަކާއި ހުރަސްދަނޑިތަކާއި ތަނބުތަކާއި އޭގެ ބުޑުތައް؛


އެކަލާނގެ ވަނީ ކުރެހުންތެރިންނާއި ފާޑުވެރިންނާއި، ތިނޯހުގެ މަސައްކަތް ކުރާ މީހުންނާއި ވިޔާ މީހުންނަށް އެ ހުނަރު ވެސް ދެއްވާފައި. އެމީހުންނަކީ ފާޑުވެރިކަމާއެކު ނުލާއި ދަނބު އަދި ގަދަރަތް ރޮދިން މޮޅު ހެދުންތައް ވިޔެ އުފެއްދުންތެރި ކަމާއެކު އެމަސައްކަތް ކުރުމުގެ އެންމެ ކުޅަދާނަ މީހުން ކަމުގައި ވަނީ ހިމެނިފައި.⁠“


ނުލާއި ދަނބާއި ގަދަރަތް ރޮދި؛ މޮޅު ލިނެން ފޮއްޗާއި ބަކަރި ކެހެރި؛


ފޭލިގެކޮޅުގެ އެތެރޭގައި ހުރި ފަރުދާ އެމީހުން ތައްޔާރު ކުރީ މޮޅަށްވިޔެފައިވާ ފޮތިންނެވެ. އަދި އެފަރުދާގައި ނޫކުލައާއި ދަނބު ކުލައާއި ގަދަރަތްކުލައިގެ ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ކުރަހައި ޖަރީކޮށްފައި ވެއެވެ.


އަދި ރަން ތަޅައި ތުނިކޮށްގެން އެއިން ރޮދި ފަށްތައް ހަދާފައި ވަނީ ވަރަށް ކުޅަދާނަކަމާއި ފަރުވާތެރިކަމާ އެކުގައެވެ. އެ ހެދުންކޮޅުގައި ހުރި ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ޖަރީކުރުންތަކުގެ ތެރޭގައި މި ރަންފަށްތައް ވެސް ވަނީ ހިމަނާފައެވެ.


”⁠އާ އަހަރުގެ ފުރަތަމަ ދުވަހު ފޭލިގެކޮޅު ބަހައްޓައި ނިންމާ.


މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.


ނަމަވެސް އީސާގެފާނު ބައިތުލް މަޤްދިސް އޭ ވިދާޅުވެ ނިސްބަތް ކުރެއްވީ އެކަލޭގެފާނުގެ އަމިއްލަ ހަށިކޮޅަށެވެ.


އެކަލޭގެފާނަކީ އުޑުގައިވާ އަސްލު ފޭލިގެކޮޅުގައި ޚިދުމަތް ކުރައްވާ އިމާމެވެ. މި އަޅުކަމުގެ މުޤައްދަސް ފޭލިގެކޮޅު ޖައްސަވާފައި ވަނީ މާތްރަސްކަލާނގެއެވެ. އިންސާނަކު ނޫނެވެ.


އެކަމަށް ފޭލިގެކޮޅެއް ބިނާ ކުރެވުނެވެ. އެ ފޭލިގެކޮޅުގެ ފުރަތަމަ ބަޔަކީ މާތް މަޤާމުފުޅެވެ. އެތާ ހުރީ ބައްތިއަކާއި މޭޒަކާއެވެ. އެއީ ޙަޟްރަތަށް ހުށަހަޅާ ރޮށި ބަހައްޓާ ތަނެވެ.


މިއަދު ވެސް މިކަމުން ދައްކަދެނީ އެމާނަ އެވެ. އެއީ އަހަރެމެން ކިތަންމެވަރަކަށް ހަދިޔާތަކާއި ޤުރުބާނީ ވެދުން ކުރިޔަކަސް އަހަރެމެންގެ ޒަމީރަށް ހަމަޖެހުމެއް ނުލިބޭނެކަމެވެ.


އެކަނބުލޭގެ ލާން ދެވިފައިވާ ކައިވެނީގެ ހެދުން ވަނީ ސާފު ހުދު ލިނެން ފޮތިން.⁠“ އެ ލިނެން ފޮތި ދައްކައިދެނީ މާތްކަލާނގެ މުޤައްދަސް ކުރެއްވި މީސްތަކުންގެ ހެޔޮ އަމަލުތަކެވެ.


ތަޚުތުން ހަރުއަޑުން މިފަދައިން މުޚާތަބު ކުރި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ މިހާރު މިވަނީ އިންސާނުންނާއި އެކުގައި! އެކަލާނގެ އެބައިމީހުންނާއި އެކުގައި ޙަޔާތު ވޭތުކުރައްވާނެ. އަދި އެބައިމީހުންނަކީ އެކަލާނގެ މީސްތަކުންމެ. އެބައިމީހުންނާއި އެކުގައި އެކަލާނގެ ވޮޑިގެންވާނެ. އަދި އެކަލާނގެއީ އެބައިމީހުންގެ މާތްކަލާނގެ ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ