Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 25:8 - ކިތާބުލް މުޤައްދަސާ

8 އިސްރާއީލީން ލައްވާ ތިމަން ކަލާނގެ އެމީހުންގެ ގާތު އުޅުއްވުމަށް ކަމުދާ ކަހަލަ މާތް ގެކޮޅެއް ތައްޔާރު ކުރުވާ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 25:8
25 ပူးပေါင်းရင်းမြစ်များ  

އިނބަރަސްކަލާނގެ އެމީހުން މުޤައްދަސް ފަރުބަދަމައްޗަށް ގެންނަވައި އެތާގައި ގަސްތަކެއް ފަދައިން އިންދަވާނެ. އޭ މާތްރަސްކަލާނކޯ! އެތަނަކީ އިނބަރަސްކަލާނގެ ގެކޮޅުގެ ގޮތުގައި ޚާއްސަ ކުރައްވައި ބާއްވާފައިވާ މަޤާމުފުޅު. އެއީ އިނބަރަސްކަލާނގެ އަތްޕުޅުން މާތްކުރެއްވި މަޤާމުފުޅެއް.


މިއަޅާގެ ގަދަފަދަ ކިއްލާއަކީ އެ މާތްރަސްކަލާނގެ. މިއަޅާ ސަލާމަތް ކޮށް ދެއްވީ އެކަލާނގެ. އެކަލާނގެއަކީ މިއަޅާގެ ކަލާނގެ. އެހެންވެ އެކަލާނގެއަށް ސަނާ ދަންނަވައި މިއަޅާ ލަވަކިޔަން. އެކަލާނގެއީ މިއަޅާގެ ކާބަފައިންގެ ވެރި އިލާހު. އެކަލާނގެ މަތިވެރި ކަމަށްޓަކައި މިއަޅާ ސަނާ ދަންނަވަން.


ދެން އަހަރެން އެމީހުންނާ އެކުގައި އެމީހުންގެ އިލާހުގެ ގޮތުގައި އެމީހުންގެ ތެރޭގައި ހުންނާނަން.


އަދި އޭރުން އަހަރެންނަކީ އެމީހުންގެ އިލާހު، މާތްރަސްކަލާނގެ ކަން އެމީހުންނަށް އެނގިގެން ދާނެ. އަހަރެން ކަލޭމެން މިޞްރުން ނެރުނީ ކަލޭމެންނާ އެކު އަހަންނަށް އުޅެވޭނީ އެގޮތުން ކަމަށް ވާތީ. އެހެނީ ތިމަން މާތްކަލާނގެ އަކީ ކަލޭމެންގެ މާތްރަސްކަލާނގެ.⁠“


މާތްރަސްކަލާނގެ ފޭލިގެކޮޅު އަހަރެމެންގެ ކާބަފައިން ހަނަފަސް ސަހަރާގެ ބިމަށް ގެންދިޔައޭ. އެ ފޭލިގެކޮޅު ހެދިފައި ވީ މާތްރަސްކަލާނގެ މޫސާގެފާނަށް އެތަން ހެދުމަށް އެންގެވި ގޮތަށް އެންގެވި މިނަށް. މި ޚާއްސަ ފޭލިގެކޮޅު ހެދިފައިވީ މާތްރަސްކަލާނގެ މޫސާގެފާނަށް ދެއްކެވި ނަމޫނާއާ މުޅިން އެއްގޮތަށް ވެސްމެ.


އެކަމަކު އީސާގެފާނު ހުންނެވީ ދަރިކަލެއްގެ ގޮތުން މާތްރަސްކަލާނގެ މީސްތަކުންގެ ވެރިއެއްގެ ގޮތުގައި ވަފާތެރިކަން މަތީގައެވެ. އަހަރެމެންގެ އުންމީދު އެކަލޭގެފާނާމެދުގައި އޮވެ، ކެރުމާއި ޔަޤީންކަން މަތީގައި ތިބިނަމަ މާތްރަސްކަލާނގެ މީހުން ކަމުގައި ވާނީ އަހަރެމެންނެވެ.


ތަޚުތުން ހަރުއަޑުން މިފަދައިން މުޚާތަބު ކުރި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ މިހާރު މިވަނީ އިންސާނުންނާއި އެކުގައި! އެކަލާނގެ އެބައިމީހުންނާއި އެކުގައި ޙަޔާތު ވޭތުކުރައްވާނެ. އަދި އެބައިމީހުންނަކީ އެކަލާނގެ މީސްތަކުންމެ. އެބައިމީހުންނާއި އެކުގައި އެކަލާނގެ ވޮޑިގެންވާނެ. އަދި އެކަލާނގެއީ އެބައިމީހުންގެ މާތްކަލާނގެ ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ