ނެރުއްވުން 25:37 - ކިތާބުލް މުޤައްދަސާ37 ދެން އެ ބައްތި ދަނޑީގައި ހަރުކުރަން ހަތް ބައްތި ތައްޔާރު ކުރޭ. އެ ބައްތިތައް ހުންނަން ވާނީ އޭގެ އަލި ކުރިމައްޗަށް އަންނާނެ ގޮތުގައި. အခန်းကိုကြည့်ပါ။ |
ބައްތި ދަނޑި ހުންނަން ވާނީ ފޭލިގޭގައި ޢަހުދުނާމާ ފޮށިކޮޅު ނިވާކޮށްފައި ވާ ބައިގެ ފަރުދާގެ ކުރިމަތީގައި. ހާރޫނާއި އޭނާގެ ދަރިން، މާތްރަސްކަލާނގެ ޙަޟްރަތުގައި އެބައްތި މުޅި ރޭގަނޑު ދިއްލާފައި ބަހައްޓަން ވާނެ. މިއީ ބަނީ އިސްރާއީލީންގެ ދަރިންނަށާއި އެ ދަރިންގެ ދަރި މިރިމިރީނުން ކިޔަމަން ވާން ޖެހޭނެ އަމުރެއް.“
މީގެ ތަންކޮޅެއްފަހުން އީސާގެފާނު އަނެއްކާވެސް މީސްތަކުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވައި ވިދާޅުވިއެވެ. ”އަހަރެން މިއީ ދުނިޔޭގެ އަލިކަން. ކަލޭމެން އަހަރެން ހިނގާ މަގުން ހިނގާ ކަމުގައި ވަނީނަމަ ކަލޭމެން އަނދިރީގެ ތެރޭގައި ތަނެއް ދޮރެއް ނުފެނި އުޅޭކަށް ނުޖެހޭނެ. އެއީ ކަލޭމެން އަހަރެން ދައްކާ މަގުން ހިނގަނީ ނަމަ ދިރިހުރުމުގެ އަލި ކަލޭމެންނާއި އެކުގައި ވާނެ.“
ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.‘“
މި ސިޓީ އަކީ އޭޝިޔާ ސަރަހައްދުގައި ތިބި މަސީޙީ ޖަމާޢަތުގެ ހަތް ޖަމާޢަތަށް ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވާ ސިޓީއެކެވެ. މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ މާތްރަސްކަލާނގެ ކިބަފުޅުންނާއި، އަދި އެކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައިވާ ހަތް ރޫހުފުޅުގެ ފަރާތްޕުޅުންނާއި، ވަފާތެރި ހެކިވެރިޔާ އަދި ޚަލްޤުތަކުންގެ ތެރެއިން އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ފަރާތް ކަމަށްވާ މިދުނިޔޭގެ ހުރިހާ ރަސްރަސްކަލުންގެ ވެރިޔާ އީސާ އަލްމަސީޙުގެ ފަރާތްޕުޅުން ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްހަވެރިކަން ރައްދުކުރަމެވެ. އެކަލޭގެފާނު އަހަރެމެން ދެކެ ވާލޯބިފުޅުގެ ސަބަބުން އަހަރެމެންނަށްޓަކައި ޤުރުބާން ކުރެވި އަވާހަރަވެ ވަޑައިގެންނެވީ އެކަލޭގެފާނުގެ ލޭފޮދުން އަހަރެމެން ފާފަވެރިކަމުން މިނިވަން ކޮށްދެއްވުމަށެވެ.