Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 25:31 - ކިތާބުލް މުޤައްދަސާ

31 ”⁠އަދި އަތްކަން ކޮށްގެން ރަތުރަނުން ބައްތިއެއް ތައްޔާރު ކުރޭ. ބައްތިއާއި ބައްތި ދަނޑި ހަދަންވާނީ މަރުތޭލުން ތަޅައި އެކަތިގަނޑެއްގެ ގޮތުގައި. އޭގެ ބުޑާއި، މެދުގައި ހުންނަ ދަނޑިއާއި، ބައްތިތަށިތަކާއި އޭގެ ތަނޑުތަކާއި ފިޔަތައް ވެސް ހުންނަން ވާނީ މިގޮތުގައި.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 25:31
28 ပူးပေါင်းရင်းမြစ်များ  

ބައްތި ދަނޑީގައި ފޮޅިފައިވާ އަލްމަންޑް މަލަކާއި އޭގެ ތަނޑުގެ ސިފައިގައި ހަތަރު ތަށި ހުންނަންވާނެ.


މި ގޮފިތަކާއި ތަނޑުތައް ވެސް އަދި ބައްތި ދަނޑިވެސް ހުންނަން ވާނީ ރަތުރަނުން މަރުތޭލުން ތަޅައި އެކަތިގަނޑެއްގެ ގޮތުގައި.


މޭޒުކޮޅާއި އޭގެ މަތީގައިވާ ހިފާގެންގުޅޭ ތަކެއްޗާއި ރަން ބައްތިކޮޅާއި އޭގައި ހިމެނޭ ތަކެއްޗާއި ދުންބުރުވާ އައްޓާއި


ތަނަށް އަލިކުރުމަށް ބައްތި އެލުވާނެ ދަނޑިއަކާއި ބައްތި ތަށިތަކާއި އެއާއެކު ބޭނުންކުރެވޭ ތަކެއްޗާއި ބައްތި ދިއްލަން އަޅާނެ ޒައިތޫނި ތެޔޮ.


ރަތުރަނުގެ ބައްތިކޮޅާއި އެއާ ގުޅިގެން ހަދާފައި ހުރި ބައްތި ތަކާއި ބައްތި ތަށިތަކާއި އޭގެ ސާމާނުތަކާއި ދިއްލާނެ ޒައިތޫނި ތެޔޮ؛


އެކަމަށް ފޭލިގެކޮޅެއް ބިނާ ކުރެވުނެވެ. އެ ފޭލިގެކޮޅުގެ ފުރަތަމަ ބަޔަކީ މާތް މަޤާމުފުޅެވެ. އެތާ ހުރީ ބައްތިއަކާއި މޭޒަކާއެވެ. އެއީ ޙަޟްރަތަށް ހުށަހަޅާ ރޮށި ބަހައްޓާ ތަނެވެ.


އަހަރެންނާއި ވާހަކަ ދެއްކީ ކާކުތޯ ބެލުމަށް ފަސްއެނބުރި ވަށައިގެން އަހަރެން ބެލީމެވެ. އެ ހިނދު އަހަރެންނަށް ފެނުނީ ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރެވެ.


ތިބާއަށް އަހަރެންގެ ކަނާއަތުގައި ވަނިކޮށް ފެނުނު ހަތްތަރިއާއި، އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރުގެ ފޮރުވިފައިވާ މާނައަކީ މިއީ. އެ ހަތްތަރި ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތުގެ މަލާއިކަތުން. އަދި ދިއްލާފައިވާ ބައްތި ބަހައްޓާ ރަނުގެ ހަތް ހަރު ރަމްޒު ކޮށްދެނީ މަސީޙީ ހަތް ޖަމާޢަތް.⁠“


އެހެންވީމާ، ތައުބާވެ މީގެ ކުރިން ތިޔަބައިމީހުން ތިބި ހިސާބުން މިހާރު ތިޔަބައިމީހުންނަށް ތިބެވުނު ދުރުމިނާއި މެދުގައި ވިސްނާ! އަދި ކުރީގައި ތިޔަބައިމީހުން އަމަލުކުރި ފަދައިން އަމަލުކުރޭ! އެފަދައިން ތިޔަބައިމީހުން އަމަލު ނުކުރާނަމަ އަހަރެން ގޮސް ތިޔަބައިމީހުންގެ ދިއްލާފައިވާ ބައްތި ބަހައްޓާ ހަރު ނަގާނަން!


ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑު އަންނަމުން ދިޔައެވެ. އެ ތަޚުތުގެ ކުރިމަތީގައި އަލިފާން ރޯވެފައިވާ ހަތް ދަންމަރު ވިއެވެ. އެއީ މާތްރަސްކަލާނގެ ހަތް ރޫޙުފުޅު ވެސްމެއެވެ.


އޭރު އަދި މާތްރަސްކަލާނގެ ގެކޮޅުގެ ބައްތި ވެސް ނުނިވެއެވެ. ޞަމޫއީލް މާތްރަސްކަލާނގެ ގެކޮޅުގައި ހުރި ޢަހުދުނާމާ ފޮށިކޮޅު ކައިރީގައި ތަންމަތި އަޅައިގެން އޮށޯވެ އޮތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ