30 އަދި ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީ މޭޒުމަތީގައި ޙަޟްރަތަށް ހުށަހަޅާ ބޯރޮށިތައް އަބަދުވެސް ބަހައްޓާ. އެއީ އަހަންނަށް ޚާއްސަކުރެވޭ އެއްޗެއް.“
މޭޒުކޮޅާއި އުފުލާ ދަނޑިތަކާއި ތަށިތެލި ކަންވާރުތައް؛ ޙަޟްރަތަށް ހުށަހަޅާ ބޯރޮށިތައް؛
މޭޒުކޮޅާއި އޭގެ ތަށިތެލި ކަންވާރުތައް؛ ޙަޟްރަތަށް ހުށަހަޅާ ބޯރޮށިތައް؛
އަދި މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހަޅާ ބޯރޮށިތައް ގެންދަވައި އެކަލާނގެ އެންގެވި ފަދައިން އެތަކެތި ބެހެއްޓެވިއެވެ.
ދެން މޭޒުކޮޅު ގެނެސް ތަށި ކަންވާރު އަތުރައި، ބައްތިކޮޅުތައް ވެސް އެ ހަރު ކުރަމަށް ހެދުނު ހަރުގަނޑުގައި ބަހައްޓާ.
ދާއޫދުގެފާނު މާތްރަސްކަލާނގެ މުޤައްދަސް ފޭލިގެކޮޅަށް ވަދެ ވަޑައިގެންނެވި. އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ އެކުވެރިން މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހެޅުއްވުމަށްޓަކައި ބަހައްޓާފައި ހުރި މުޤައްދަސް ބޯރޮށި ފަރީއްކުޅުއްވި. މި ބޯރޮއްޓަކީ އިމާމުން ފިޔަވައި އެހެން މީހަކު ކެއުން މަނާ އެއްޗެއް.
އެކަމަށް ފޭލިގެކޮޅެއް ބިނާ ކުރެވުނެވެ. އެ ފޭލިގެކޮޅުގެ ފުރަތަމަ ބަޔަކީ މާތް މަޤާމުފުޅެވެ. އެތާ ހުރީ ބައްތިއަކާއި މޭޒަކާއެވެ. އެއީ ޙަޟްރަތަށް ހުށަހަޅާ ރޮށި ބަހައްޓާ ތަނެވެ.
އަޚީމަލިކު ބުންޏެވެ. ”އަހަރެންގެ އަތަކު އާދައިގެ ރޮއްޓެއް ނެތް. ހުރީ ކަލާނގެ ނަންފުޅު މައްޗަށް ވެދުން ކުރެވިފައި ހުރި އެއްޗެހި. ކަލޭމެން އަނބިން ގާތު ރޭ ނުކޮށް ސާފުކަން މަތީ ތިބިނަމަ ގެންދޭ.“
”އަހަރެމެން މިތިބީ މި ދެތިން ދުވަހު އަންހެނުންނާ ދުރުގައި. އަދި ކީއް؟ އަހަރެމެން އާދައިގެ ކަމަކު ނުކުތަސް އަހަރެމެން ނުކުންނާނީ ސާފުކަން މަތީ ތިބެގެން. އަމުދުން މާތް ކަމަކު ނުކުންނަ އިރު އަހަރެމެންގެ ހަށިތައް ކިހާ ތާހިރެއް ވާނެ.“
އެތާނގައި މާތްރަސްކަލާނގެ ނަންފުޅުމަތީ ބަހައްޓާފައި ހުރި ބޯރޮށިތައް ނޫން އެހެން ކާއެއްޗެއް ނެތުމާ އެކު، އިމާމުކަލޭގެ ހޫނު ރޮށިތައް އެތާ ބެހެއްޓުމަށް ފަހު އެތަނުން ޙަޟްރަތަށް ހުށަހަޅާ ބޯރޮށިތަކެއް ނަގައި ދާއޫދަށް ދީފި އެވެ.