21 ޢަހުދުނާމާ ލިޔެވިފައިވާ ހިލަފޮތިތައް އަހަރެން ދޭނަން. އެ ހިލަ ފޮތިތައް ފޮށިތެރެއަށް ލާފައި މަތިޖަހާ.
މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިން ހާރޫނުގެފާނު ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނު ފަހުން އެ ގުޅި ބެހެއްޓެވީ ޢަހުދުނާމާ ފޮށިކޮޅުގެ ކާރީގައެވެ.
ދެން ޢަހުދުނާމާ ފޮށިކޮޅުގެ މަތިޖަހާ. އެ މަތިކޮޅަކީ ކައްފާރާގެ މަޤާމުފުޅު. އެ ފޮށިކޮޅު ގުދުސްވަންތަ އެންމެ ޤުދުސީ މަގާމުފުޅުގައި ބަހައްޓާ.
މި އަށި ބަހައްޓަން ވާނީ ޢަހުދުނާމާ ފޮށިކޮޅު ކުރިމަތީ އެލުވާފައިވާ ފަރުދާގެ ބޭރުގައި. އަހަރެން ކަލެއާ ބައްދަލު ކުރާނީ ޢަހުދުނާމާ ފޮށިކޮޅުގެ ކައްފާރާގެ މަގާމުފުޅު ކަމުގައިވާ މަތިގަނޑުގެ މަތީން.
އެއަށް ފަހު އަމުރުފުޅު ލިޔެވިފައިވާ ދެ ހިލަފޮތި ޢަހުދުނާމާ ފޮށިކޮޅު ތެރެއަށް ލެއްވިއެވެ. ދެން ފޮށިކޮޅު އުފުލުމަށް ހަދާފައިވާ ދަނޑިތައް ފޮށިކޮޅުގެ ބޮޅުތަކުގެ ތެރެއަށް ލައްވައި، ކައްފާރާގެ މަޤާމުފުޅު ކަމަށްވާ މަތިގަނޑު ޖެއްސެވިއެވެ.