ނެރުއްވުން 25:20 - ކިތާބުލް މުޤައްދަސާ20 މި ކަރޫބީމު މަލާއިކަތުންގެ ސޫރަތައް ހުންނަން ވާނީ އެކަތި އަނެކައްޗާ ކުރިމަތި ވާނެ ހެން މަތިގަނޑުގެ ދެކޮޅުގައި. އަދި އޭގެ ބެލުން އަމާޒުވެފައި ހުންނަން ވާނީ މަތިގަނޑުގެ މެދާ ދިމާއަށް ތިރިއަށް. އެއީ އެ ދެމަލާއިކަތުންގެ ފިޔަގަނޑުން މަތިގަނޑަށް ހިޔާ އަޅައިގެން ތިބޭ ފަދައިން. အခန်းကိုကြည့်ပါ။ |
ނަމަވެސް އެބޭކަލުންނަށް އަންގަވައިދެއްވި ގޮތުގައި މި ޙާދިސާތައް ހިނގައިދާނީ އެބޭކަލުންގެ ޙަޔާތުގެ ދުވަސްތަކުގައެއްނޫނެވެ. އޭގެ އެތައް ޒަމާނެއްގެ ފަހުންނެވެ. އެއީ ތިޔަބައިމީހުންގެ ޙަޔާތުގައެވެ. އަދި މިއަދު ހެޔޮޚަބަރުފުޅު އިޢުލާނު ކުރެވި، ސުވަރުގެއިން ލިބިގެންވާ މާތްރޫޙުފުޅު ލިބިގެންވާ ބަޔަކު ތިޔަބައިމީހުންނަށް އެބަސްފުޅުން ވަޢުޡު އިއްވައިދެއެވެ. މަލާއިކަތުން ވެސް ޝައުގުވެރިކަމާއެކު މި ކަންތައްތައް ދެކެން ބޭނުންވެފައި ވެއެވެ.