Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 25:16 - ކިތާބުލް މުޤައްދަސާ

16 ފޮށިހަދާ ނިމުމުން އަހަރެން ކަލެއަށް ދޭ ޢަހުދުނާމާ ލިޔެވިފައިވާ ހިލަފޮތިތައް އެއަށް ލާ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 25:16
22 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިން ހާރޫނުގެފާނު ކަންތައް ކުރެއްވިއެވެ. އެކަލޭގެފާނު ފަހުން އެ ގުޅި ބެހެއްޓެވީ ޢަހުދުނާމާ ފޮށިކޮޅުގެ ކާރީގައެވެ.


ޢަހުދުނާމާ ލިޔެވިފައިވާ ހިލަފޮތިތައް އަހަރެން ދޭނަން. އެ ހިލަ ފޮތިތައް ފޮށިތެރެއަށް ލާފައި މަތިޖަހާ.


އެތެރޭ ފަރުދާ ފުރާޅު ދަށުގައި ވާ ބުޅި ބަރީގައި އަޅުވާ. އަދި ޢަހުދުނާމާ ފޮށިކޮޅު އޭގެ ފުރަގަހުގައިވާ ކޮޓަރިއަށް ލާ. މި ފަރުދާ އަކީ މާތް މަޤާމުފުޅާއި އެންމެ މުޤައްދަސް މަޤާމުފުޅާ ދެމެދުގައި ވަކި ކޮށްލަން ބަހައްޓާ ފަރުދާއެއް.


ބައްތި ދަނޑި ހުންނަން ވާނީ ފޭލިގޭގައި ޢަހުދުނާމާ ފޮށިކޮޅު ނިވާކޮށްފައި ވާ ބައިގެ ފަރުދާގެ ކުރިމަތީގައި. ހާރޫނާއި އޭނާގެ ދަރިން، މާތްރަސްކަލާނގެ ޙަޟްރަތުގައި އެބައްތި މުޅި ރޭގަނޑު ދިއްލާފައި ބަހައްޓަން ވާނެ. މިއީ ބަނީ އިސްރާއީލީންގެ ދަރިންނަށާއި އެ ދަރިންގެ ދަރި މިރިމިރީނުން ކިޔަމަން ވާން ޖެހޭނެ އަމުރެއް.⁠“


މީގެ ބައެއް ހިމުންކޮށް ފުނޑައި ފޭލިގެ ތެރޭގައި އަހަރެން ކަލެއާ ބައްދަލު ކުރާތަނުގައި، ޢަހުދުނާމާ ފޮށި ކުރިމަތީގައި ބަހައްޓާ. މިއީ މާތް އެއްޗެއްކަން ކަލޭމެން ދަންނަން ވާނެ.


މި އަށި ބަހައްޓަން ވާނީ ޢަހުދުނާމާ ފޮށިކޮޅު ކުރިމަތީ އެލުވާފައިވާ ފަރުދާގެ ބޭރުގައި. އަހަރެން ކަލެއާ ބައްދަލު ކުރާނީ ޢަހުދުނާމާ ފޮށިކޮޅުގެ ކައްފާރާގެ މަގާމުފުޅު ކަމުގައިވާ މަތިގަނޑުގެ މަތީން.


މާތްކަލާނގެ ޠޫރުސީނާ މަތީގައި މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރައްވައި ނިންމެވުމަށް ފަހު އެކަލޭގެފާނުގެ އަތްޕުޅަށް ދެހިލަކޮޅު ދެއްވިއެވެ. އޭގައި ވަނީ އެކަލާނގެ އިޤުރާރުފުޅު ސީދާ އެކަލާނގެ އަމިއްލަފުޅަށް ލިޔުއްވާފައެވެ.


މޫސާގެފާނު ދެން ފަރުބަދައިގެ ތިރިއަށް ވަޑައިގެންފިއެވެ. އޭރު އެކަލޭގެފާނު އަތްޕުޅުގައި ޢަހުދުނާމާ ލިޔެވިފައިވާ ދެހިލަފޮތި އޮތެވެ. އެހިލަފޮތީގެ ދެފުށުގައި އެ ޢަހުދުނާމާ ލިޔެވި ބިންވަޅު ނެގިފައި ވެއެވެ.


މޫސާގެފާނު އެ ހިލަފޮތިތައް ހިއްޕަވައިގެން ޠޫރުސީނާ ފަރުބަދައިން ފައިބައި ވަޑައިގެންނެވި އިރަކު އެކަލޭގެފާނުގެ މޫނުފުޅުން އުޖާލާ ނޫރެއް ފާޅުވަމުން ދާކަމެއް އެކަލޭގެފާނަކަށް އެނގިވަޑައެއް ނުގަންނަވައެވެ. އެއީ އެކަލޭގެފާނު މާތްކަލާނގެއަށް ކުއްތަންވެ އެކަލާނގެއާ އެކު ބަސްފުޅު ވިދާޅުވި ފަހުން ފާޅުވަމުން އައި ނޫރުފުޅެކެވެ.


ތިރީގައި ބަޔާންވެގެން އެވަނީ ޚާއްސަ ދިހަ އަމުރުފުޅު ލިޔެވިފައިވާ ދެ ހިލަކޮޅު ރައްކާކުރެވިފައިވާ ފޭލިގެ ކޮޅުގައިވާ ތަކެތީގެ ލިސްޓެކެވެ. މިލިސްޓު ތައްޔާރުކުރީ މޫސާގެފާނުގެ އެންގެވުމުގެ މަތިން، އިމާމު ހާރޫނުގެފާނުގެ ދަރިކަލުން އީޘާމާރު ގެ ބެލުމުގެ ދަށުން، ލާވީ ދަރިކޮޅުގެ މީހުންނެވެ.


އެއަށް ފަހު އަމުރުފުޅު ލިޔެވިފައިވާ ދެ ހިލަފޮތި ޢަހުދުނާމާ ފޮށިކޮޅު ތެރެއަށް ލެއްވިއެވެ. ދެން ފޮށިކޮޅު އުފުލުމަށް ހަދާފައިވާ ދަނޑިތައް ފޮށިކޮޅުގެ ބޮޅުތަކުގެ ތެރެއަށް ލައްވައި، ކައްފާރާގެ މަޤާމުފުޅު ކަމަށްވާ މަތިގަނޑު ޖެއްސެވިއެވެ.


މާތްރަސްކަލާނގެ ފޭލިގެކޮޅު އަހަރެމެންގެ ކާބަފައިން ހަނަފަސް ސަހަރާގެ ބިމަށް ގެންދިޔައޭ. އެ ފޭލިގެކޮޅު ހެދިފައި ވީ މާތްރަސްކަލާނގެ މޫސާގެފާނަށް އެތަން ހެދުމަށް އެންގެވި ގޮތަށް އެންގެވި މިނަށް. މި ޚާއްސަ ފޭލިގެކޮޅު ހެދިފައިވީ މާތްރަސްކަލާނގެ މޫސާގެފާނަށް ދެއްކެވި ނަމޫނާއާ މުޅިން އެއްގޮތަށް ވެސްމެ.


އެތާގައި ވަނީ ދުންއަޅާ ރަން އައްޓެވެ. ރަންހާކާފައިވާ ޢަހުދުނާމާ ފޮށިކޮޅު ވެސް ވަނީ އެތާނގައެވެ. އެފޮށިކޮޅުގައި އެހެން ތިނެއްޗެއް ވެސް ވެއެވެ. އެއީ މަންނާ އަޅާފައިވާ ރަން ގުޅިއާއި ހާރޫނުގެފާނުގެ (ގަސްފަޅާފައިވާ) އަސާކޮޅާއި ދިހަ އަމުރުފުޅު ލިޔެވިފައިވާ ހިލަފޮތިތަކެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ