Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 25:10 - ކިތާބުލް މުޤައްދަސާ

10 ”⁠އަދި އެމީހުން ލައްވާ އަކާސިޔާ ލަކުޑިން ފޮއްޓެއް ހައްދާ. އެ ފޮށި ވާން ޖެހޭނީ ސާޅީސްފަސް އިންޗި ދިގު ހަތާވީސް އިންޗި ފުޅާ ހަތާވީސް އިންޗި އުސް ފޮއްޓަކަށް.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 25:10
11 ပူးပေါင်းရင်းမြစ်များ  

ފޭލިގެ ކޮޅާއި ޢަހުދުނާމާ ފޮށިކޮޅާއި ކައްފާރާގެ މަޤާމު ކަމަށްވާ އެފޮށީގެ މަތިގަނޑާއި އަދި ފޭލިގެކޮޅުގައިވާ އެންމެހާ ތަކެއްޗާއި


ޢަހުދުނާމާ ފޮށިކޮޅާއި އެފޮށިކޮޅު އުފުލާނެ ދަނޑިތައް. ފޮށިކޮޅުގެ ކައްފާރާ މަތިގަނޑު؛ ފޮށިކޮޅު ނިވާކުރުމަށް އެތެރޭގައި ދަމާ ފަރުދާ؛


އެންމެފަހުން ފޭލިގެކޮޅުގައި ކުރަން ހުރި ހުރިހާ މަސައްކަތެއް ނިންމާލެވިއްޖެއެވެ. މިހުރިހާ ކަމެއް މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިން ބަނީ އިސްރާއީލީން ކޮށް ނިންމައިފިއެވެ.


އެތާގައި ވަނީ ދުންއަޅާ ރަން އައްޓެވެ. ރަންހާކާފައިވާ ޢަހުދުނާމާ ފޮށިކޮޅު ވެސް ވަނީ އެތާނގައެވެ. އެފޮށިކޮޅުގައި އެހެން ތިނެއްޗެއް ވެސް ވެއެވެ. އެއީ މަންނާ އަޅާފައިވާ ރަން ގުޅިއާއި ހާރޫނުގެފާނުގެ (ގަސްފަޅާފައިވާ) އަސާކޮޅާއި ދިހަ އަމުރުފުޅު ލިޔެވިފައިވާ ހިލަފޮތިތަކެވެ.


އުޑުގައި ހުރި މާތްކަލާނގެ ގެކޮޅު ވަނީ ހުޅުވިފައެވެ. އަދި ޢަހުދުނާމާ ފޮށިކޮޅު ވެސް އެތަނުން ފެނުނެވެ. އެއަށް ފަހު، ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި ބިންހެލުން އައެވެ. އަދި ގަނޑުފެނުގެ ބަރު ގުޅަގުޅަ ވެހުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ