9 ދެން މޫސާގެފާނާއި ހާރޫނުގެފާނާއި ނާދާބުއާއި އަބީހޫއާއި އިސްރާއީލުގެ ހަތްދިހަ ބޮޑުން އެ ފަރުބަދަ މައްޗަށް ވަޑައިގެންފިއެވެ.
މާތްރަސްކަލާނގެ ވަޙީ ކުރެއްވިއެވެ. ”ތިރިއަށް ގޮސް ހާރޫނު ގޮވައިގެން އާދޭ. އެކަމަކު ބަލާތި، އެއްވެސް އިމާމަކު ވިޔަސް ނުވަތަ އެހެން މީހަކު ވިޔަސް އަހަރެން ދުށުމަށް އިން ފަހަނައަޅައި އާދޭތޯ. އެއިން މީހަކު އަތުވެއްޖެއްޔާ އަހަރެން އެމީހަކު ނައްތާލާފާނަން.“
ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ: ”މިތަނަށް އަހަރެންގެ ގާތަށް އާދޭ. އަންނަ އިރު ހާރޫނުއާއި ނާދާބު އާއި އަބީހޫ ވެސް ގެންނާތި. އަދި އިސްރާއީލީންގެ ބޮޑުންގެ ތެރޭން ހަތްދިހަ މީހުން ވެސް ގެންނާތި. އެއެންމެން އަޅުކަން ކުރަން ޖެހޭނީ ދުރުގައި ތިބެގެން.
”ކަލޭގެ ބޭބެ ހާރޫނަށާއި އޭނާގެ ފިރިހެން ދަރިން ކަމަށްވާ ނާދާބު އާއި، އަބީހޫ އާއި، އަލިޢާޒާރު އާއި، އީޘާމާރުއަށް ގޮވާ. ގޮވާ ގެނެސް އެމީހުން ބަނީއިސްރާއީލުންގެ އެހެން މީހުންނާ ވަކި ކުރޭ. އެއީ އަހަރެންގެ އިމާމުންގެ ގޮތުގައި އެމީހުން ބައިތިއްބުމަށް.
އެކަމަކު ކަލެއަކަށް އަހަރެންގެ މޫނަށް ސީދާ ނުއެއްބެލޭނެ. އެހެނީ އަހަރެން ހަމަލޮލަށް ފެނިއްޖެ މީހަކަށް ދިރިއެއް ނުހުރެވޭނެ.“