Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 24:2 - ކިތާބުލް މުޤައްދަސާ

2 އަހަރެންގެ ކައިރިއަށް އާދެވޭނީ މޫސާއަށް އެކަނި. އެހެން މީހުން އެއްގޮތަކަށް ވެސް ކައިރިއަށް އައިސްގެން ނުވާނެ. އެހެން އެކަކު ވެސް ކަލެއާއެކު ފަރުބަދަ މައްޗަށް އަރައިގެން ނުވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 24:2
12 ပူးပေါင်းရင်းမြစ်များ  

ފަރުބަދައިގެ ވަށައިގެންވާ ސަރަހައްދު ރަނގަޅަށް ފާހަގަކޮށްފައި ބަހައްޓާ. އެމީހުން ގާތު ބުނޭ ’⁠އެ ދުވަހު ފަރުބަދަ މައްޗަށް ނާރާށޭ. އަދި އެ ފަރުބަދައިގެ ބުޑާ ކައިރި ވެސް ނުވާށޭ. އެއިން ތަނަކާ ވައި އެޅުނަސް އެމީހަކު މަރުވެދާނެޔޭ.


ދެން އެމީހުން ބިރުން ކައިރިވާން ނުކެރިފައި ތިއްބާ، މާތްކަލާނގެ ވޮޑިގެން ވާ ކަޅުވިލާގަނޑުގެ ތެރެއަށް، މޫސާގެފާނު ވެދެ ވަޑައިގެންފިއެވެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ: ”⁠މިތަނަށް އަހަރެންގެ ގާތަށް އާދޭ. އަންނަ އިރު ހާރޫނުއާއި ނާދާބު އާއި އަބީހޫ ވެސް ގެންނާތި. އަދި އިސްރާއީލީންގެ ބޮޑުންގެ ތެރޭން ހަތްދިހަ މީހުން ވެސް ގެންނާތި. އެއެންމެން އަޅުކަން ކުރަން ޖެހޭނީ ދުރުގައި ތިބެގެން.


އެހެންވެ މޫސާގެފާނާއި އެކަލޭގެފާނުގެ އެހީތެރި ޔަޝޫޢު އެތަނަށް ދާން ހިނގައިގެންފިއެވެ. ދެން މޫސާގެފާނު މާތްކަލާނގެ ފަރުބަދަ މައްޗަށް އަރާ ވަޑައިގަންނަވަން ހިންގަވާ ވަޑައިގެންފިއެވެ.


ދެން މޫސާގެފާނު ފަރުބަދައަށް އަރާވަޑައިގަތުމުން ވިލާގަނޑަކުން އެ ފަރުބަދަ ފޮރުވިއްޖެއެވެ.


ދެން މޫސާގެފާނު ވިލާގަނޑުގެ ތެރޭން އެ ކުންނަށް އަރާ ވަޑައިގެންފިއެވެ. އެކަލޭގެފާނު އެފަރުބަދަ މަތީގައި ސާޅީސް ދުވަހާއި ސާޅީސް ރޭ ހޭދަ ކުރެއްވިއެވެ.


ދެން މޫސާގެފާނު ވަޑައިގެން މާތްރަސްކަލާނގެ އެންގެވި އެންގެވުންތައް އެމީހުންނަށް ވިދާޅުވެ ދެއްވައިފިއެވެ. ދެން އެމީހުން އެއްއަޑަކުން ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ އެންގެވި ކޮންމެ އަމުރުފުޅަކަށް އަހަރެމެން ބޯލަނބައި ކިޔަމަން ގަންނާނަން.⁠“


އެހެނީ އީސާއަލްމަސީޙު ވެދެވަޑައިގަތީ އިންސާނުން އުފައްދަވާފައިވާ ފޭލިގެއަކަށް ނޫނެވެ. ބިންމަތީގައި ވަނީ އަސްލު ފޭލިގެކޮޅުގެ މާދިރީއެކެވެ. އެއާ ޚިލާފަށް އެކަލޭގެފާނު ވެދެވަޑައިގަތީ ސުވަރުގެއަށެވެ. އެކަލޭގެފާނު މިއަދު ވެސް ހުންނެވީ އެތާގައި މާތްރަސްކަލާނގެ ޙަޟްރަތުގައެވެ. އަހަރެމެންނަށްޓަކައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ