17 އިސްރާއީލީން ފަރުބަދައިގެ ބުޑުގައި ތިބެ ބަލާލި އިރު ފަރުބަދައިގެ ކުންނުގައި މާތްރަސްކަލާނގެ ނޫރުފުޅު އަލިފާން ހުޅުގަނޑެއް ހެން ފެންނަން ހުއްޓެވެ.
އެކަލާނގެ އަލިގަދަ އުޖާލާ ކަމުގެ ތެރޭން އަލިފާން ކެނޑެމުން ދިޔައެވެ.
އެކަލާނގެ ނޭފަތްޕުޅުން ދުން އަރައިގަތެވެ. އަނދަމުން ދިޔަ އަލިފާންނާއި ހުޅުގަނޑެއް އަނގަފުޅުން ނުކުތެވެ. އަނދައަނދައި ހުރި އަނގުރު އަލިފާންގަނޑެއް ރޯވެގަތެވެ.
ތިންވަނައަށް ވާ ދުވަހު އެމީހުން ތިބެން ވާނީ ތައްޔާރަށް. އެދުވަހު އަހަރެން އެންމެންގެ ކުރިމަތީގައި ޠޫރުސީނާ ފަރުބަދަ މައްޗަށް ފައިބާނަން.
މުޅި ފަރުބަދަވަނީ ދުމުން ފުރިފައެވެ. އެހެނީ މާތްރަސްކަލާނގެ އެތަނަށް ވޮޑިގެންނެވީ އަލިފާނުގެ ގޮތުގައެވެ. ހީވަނީ އުނދުންވަޅަކުން ދުން އަރާހެންނެވެ. އެވަގުތު މުޅިތަން ތުރުތުރުއަޅަމުން ދިޔައެވެ.
އެތަނުގައި މާތްރަސްކަލާނގެ މަލާއިކަތާ އަލިފާނުގެ ހުޅުގަނޑެއް ފަދައިން އެކަލޭގެފާނަށް ފާޅުވެ ވަޑައި ގަތެވެ. އެކަލޭގެފާނަށް ފެނިވަޑައިގަތީ އެ ގަސްގަނޑުގައި އަލިފާން ރޯވެފައިވާ ތަނެވެ. ގަސްބޮނޑީގައި އަލިފާން ހުޅު ރޯވެފައި ހުރި އިރު ވެސް އެގަސްތައް އަނދަމުންނެއް ނުދެއެވެ.
ކަލޭމެންނަށް އަސްލު ޠޫރުސީނާ ފަރުބަދައަކަށް ނޭރެއެވެ. އަދި އެތަނުގައި އަތްލައި ބަލައެއް ވެސް ނުހެދެއެވެ. އެތަނުގައިވާ އަލިފާނުގެ ހޫނުކަމާއި އަނދިރިކަމާއި ދަތިއުނދަގޫކަމާއި އެނބުރޭ ވައިރޯޅިތަކާއި މިކަންކަން އިސްރާއީލުންނެކޭ އެއް ފަދައިން ތަޖުރިބާ ކުރެވިފައެއް ވެސް ނުވެއެވެ.
އެހެނީ އަހަރެމެންގެ އިލާހަކީ ފަނާކުރަނިވި އަލިފާނެއް ފަދަ ކަލެކެވެ!