Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 24:16 - ކިތާބުލް މުޤައްދަސާ

16 އެއާ އެކު މާތްރަސްކަލާނގެ ޖަލާލަތުވަންތަ މަތިވެރި ނޫރުފުޅު ތޫރު ސީނާ ފަރުބަދަމަތީ ވޮޑިގެންފިއެވެ. ހަ ދުވަސް ވަންދެން އެ ފަރުބަދަ ހުރީ ވިލާގަނޑަކުން ފޮރުވިފައެވެ. ހަތް ވަނައަށް ވީ ދުވަހު މާތްރަސްކަލާނގެ އެ ވިލާގަނޑުގެ ތެރޭން މޫސާގެފާނަށް ހަނާއަޅުއްވައި ގެންދަވައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 24:16
14 ပူးပေါင်းရင်းမြစ်များ  

ހާރޫނުގެފާނު އިސްރާއީލީންގެ ޖަމާޢަތުގެ މީހުންނާ ވާހަކަ ދައްކަވަން ހުންނަވަނިކޮށް ސަހަރާގެ ތެރެއަށް އެމީހުން ބަލާލިއިރު ވިލާގަނޑެއްގެ ސިފައިގައި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ކަމުގެ މަތިވެރިކަން ފެނިގެން ދިޔައެވެ.


ތިންވަނައަށް ވާ ދުވަހު އެމީހުން ތިބެން ވާނީ ތައްޔާރަށް. އެދުވަހު އަހަރެން އެންމެންގެ ކުރިމަތީގައި ޠޫރުސީނާ ފަރުބަދަ މައްޗަށް ފައިބާނަން.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އަހަރެން ބޯ ވިލާގަނޑެއްގެ ތެރޭގައި ކަލޭގާތަށް ދާނަން. އޭރުން އަހަރެންގެ އަޑު އެމީހުންނަށް އިވޭނެ. އެއަޑު އިވުމުން އެމީހުން ކަލޭގެ ބަސް އަޑުއަހައި އިތުބާރު ކުރަމުން ދާނެ.⁠“ މޫސާގެފާނު އެމީހުން ބުނި ބަސްތައް މާތްރަސްކަލާނގެއަށް ދެންނެވިއެވެ.


އެކަމަކު ހަތްވަނަ ދުވަހަކީ ކަލޭމެންގެ އިލާހު، ތިމަންކަލާނގެ ޚާއްސަކުރެވޭ ޗުއްޓީ ދުވަހެއް. އެދުވަހު ކަލޭމެންގެ ގޭގެ އެކަކު ވެސް ދިރިއުޅުމަށް މަސައްކަތެއް ކޮށްގެން ނުވާނެ. އެއީ ކަލޭމެންގެ ފިރިހެން ދަރިންނާއި އަންހެންދަރިންނާއި އަންހެން އަދި ފިރިހެން ޚާދިމުންނާއި ޖަނަވާރުތަކާއި ކަލޭމެންގެ ތެރޭގައި ތިބި ބީރައްޓެހިން ވެސް ހިމެނޭ ގޮތުގައި.


އިސްރާއީލީން ފަރުބަދައިގެ ބުޑުގައި ތިބެ ބަލާލި އިރު ފަރުބަދައިގެ ކުންނުގައި މާތްރަސްކަލާނގެ ނޫރުފުޅު އަލިފާން ހުޅުގަނޑެއް ހެން ފެންނަން ހުއްޓެވެ.


މާތްސާހިބާގެ ދުވަހުގައި މާތްރޫޙުފުޅުގެ ބާރުފުޅުން އަހަރެން ފުރިގެން ވިއެވެ. އަދި ތާޅަފިލީގެ އަޑުފަދަ ގަދަ އަޑެއް އަހަރެންނަށް އިވުނެވެ. އެ ހިނދު އެއަޑު އަހަރެންގެ ފުރަގަހުން ވާހަކަ ދައްކަމުން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ