ނެރުއްވުން 24:14 - ކިތާބުލް މުޤައްދަސާ14 މޫސާގެފާނު ބޮޑުންނަށް މިހެން ވިދާޅުވިއެވެ. ”އަހަރެމެން އަންނަންދެން ނުގޮސް މިތަނުގައި މަޑު ކުރާތި. ހާރޫނާއި ހޫރު ވެސް ކަލޭމެންގެ ގާތު ތިބޭނެ. އަހަރެން ނެތީސް ދެބައެއްގެ ދެމެދުގައި ދެކޮޅުވެރިކަމެއް ހިނގައިފިނަމަ އެ ދެމީހުންނާ ވާހަކަ ދައްކައިގެން އެކަމެއް ހައްލު ކުރޭ.“ အခန်းကိုကြည့်ပါ။ |
މޫސާގެފާނުގެ އަތްޕުޅުން ވާގި ދޫވެ އަސާކޮޅު އުފުއްލަވައިގެން ހުންނަވަން ދަތިފުޅުވެ ވަޑައިގެންފިއެވެ. އެވަގުތު ހާރޫނުގެފާނާއި ޙޫރު އެކަލޭގެފާނު އިށީނދެ ވަޑައިގެން އިންނަވާނެ ގަލެއް ދެއްކެވިއެވެ. ދެން އެ ދެބޭކަލުން މޫސާގެފާނުގެ ދެފަރާތުގައި ތިއްބަވައިގެން މޫސާގެފާނުގެ އަތްޕުޅުގައި ހިފަހައްޓަވައިގެން ތިއްބެވިއެވެ. އެގޮތުގެ މަތިން އިރު އޮއްސެންދެން އެކަލޭގެފާނު އަތްޕުޅު ތިރި ވިޔަ ނުދީ އެބޭކަލުން ހިފެހެއްޓެވިއެވެ.
އެމީހުންގެ މެދުގައި ދެކޮޅުވެރިކަމެއް އުފެދޭއިރަށް އަހަރެންގެ ގާތަށް އެމީހުން އަންނާނެ. އެދެބައި މީހުންގެ ދެމެދުގައި ހިނގާ އަރައިރުން ހައްލު ކޮށްދެނީ އަހަރެން. އަހަރެން އެމީހުންނަށް އަންގައި ދެނީ މާތްކަލާނގެ އެކަމަކާ މެދު ފަރުޟު ކުރައްވައި ޝަރުޢު ކުރައްވާ ގޮތެއް. އަދި އަހަރެން އަންގައި ދެނީ އެކަލާނގެ ދެއްވާ އިރުޝާދުތައް.“