Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 23:7 - ކިތާބުލް މުޤައްދަސާ

7 އެކަކު ވެސް ނުބައިކަމެއްގެ މަތިއަޅުވައި ޙައްގަކާ ނުލައި މީހަކު ކުށްވެރި ނުކުރާތި. ކުށެއް ނެތް މީހާއަށް މަރުގެ ޢުޤޫބާތް ނުދޭތި. އެހެނީ އެފަދަ ކަމެއް ކޮށްފި މީހަކާ މެދު ޙައްޤުގޮތުގައި ނިޔާކަނޑަނާޅައި އަހަރެން ދޫކޮށެއްނުލާނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 23:7
24 ပူးပေါင်းရင်းမြစ်များ  

ދެން އިބްރާހީމްގެފާނު މާތްރަސްކަލާނގެއާ ކައިރިއަށް ޖެހިވަޑައިގެން ދެންނެވިއެވެ. ”⁠އިނބަރަސްކަލާނގެ ގަސްތުކުރައްވަނީ އެރަށުގެ ނުބައި މީހުންނާއި އެކު އެރަށުގައިވާ ރަނގަޅު މީހުން ވެސް ނައްތަވާލައްވަންތޯ؟


ކަލޭމެން ޙައްޤަކާނުލައި މީހުން ނުމަރާތި.


ކަލޭމެންގެ އަވަށްޓެރިޔާއާމެދު ދޮގުހެކި ނުދޭތި.


”⁠ހަޤީޤަތެއް ނެތް ބުންޏޭ ބުންޏޭ ވާހަކަތައް ނުފަތުރާތި. އަދި ކުށްވެރިޔަކާ އެއްކޮޅަށް ހެކިބަސްދީ އޭނާ ކުށުން ބަރީއަ ކުރަން ނޫޅޭތި.


އަހަރެންގެ ދެގޮތެއް ނުވާ ލޯބި އެތައް ހާސް ދަރިފަސްކޮޅަކާ ހަމަޔަށް ދެމިގެންދާނެ. އަހަރެން މީސްތަކުން ކުރާ އެކިކަހަލަ ނުބައިނުލަފާ ކަންތަކާއި ދެކޮޅުވެރިކަމާއި ފާފަތައް އަފޫ ކުރަން. އެކަމަކު އަހަރެންނާ މެދު ކުށް ކުރާ މީހުންނާއި އެމީހުންގެ ދަރިންނާއި އެދަރިންގެ ތިން ދަރިކޮޅު ހަތަރު ދަރިކޮޅަށް ދާނދެން އެމީހުން ކުރާ ކުށުގެ އަދަބު ނުދީއެއް ނުބަހައްޓާނަން. އެކަމުން މުޅި އާއިލާއަށް އަސަރުކުރާނެ، އަދި އެމީހުންގެ ކާފަ ދަރިންނާއި މުނިކާފަ ދަރިންނާ ހަމަޔަށް ވެސް އެކަމުގެ އަސަރު ފޯރާނެ.⁠“


ނުބައި ނުލަފާ މީހުންނަށް އެކަމުގެ ސަޒާ ލިބޭނެކަމީ ޔަޤީންކަމެކެވެ. އެކަމަކު މާތްކަލާނގެއަށް ކިޔަމަންތެރި ޞާލިޙުންނަށް އަދަބެއް ނުލިބޭނެއެވެ.


ކުށްވެރިޔާ ކުށުން ބަރީއަ ކުރުމާއި ކުށެއް ނެތްމީހާ ކުށްވެރި ކުރުމަކީ މާތްރަސްކަލާނގެ ރުހިވޮޑި ނުގަންނަވާ ކަންތަކެވެ.


އަދި ސިފައިންގެ މީހުންގެ ބަޔަކު ވެސް އެތަނަށް އައެވެ. އެމީހުން ވެސް ޔަޙުޔާގެފާނަށް ބުންޏެވެ. ”⁠އަހަރެމެން ތައުބާވެއްޖެކަން ހާމަ ކުރުމަށް ކުރަންވީ ކޮންކަމެއް؟⁠“ ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”⁠މީހުން އަތުން ގަދަކަމުން ފައިސާ ނާތުލާ. އަދި މީހުންނަށް ދޮގު ތުހުމަތުތައް ކޮށް ބިރުގަންނަވައިގެން ވެސް ފައިސާ ނާތުލާ. ކަލޭމެންނަށް ލިބޭ މުސާރައިން ހިތްހަމަ ޖައްސައިގެން ތިބޭ.⁠“


އަހަރެމެން ހުރިހާ އެންމެންނަކީ އެއްހަށިގަނޑެއްގެ ވެރި ބައެކެވެ. އެހެންވެ ތިޔަބައިމީހުން ދޮގުހެދުން ހުއްޓާލައި އެކަކު އަނެކަކަށް ތެދުބުނާށެވެ.


އަދި ކޮންމެ ހިތްނުބައި ކަމަކުން ދުރުހެލިވެ ތިބޭށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ