4 ކަލޭމެންގެ އަދާވާތްތެރިޔާގެ ގެރި ނުވަތަ ހިމާރު މަގު ގެއްލިގެން އުޅޭތަން ފެނިއްޖެނަމަ އޭތި ގެނެސް އޭގެ ވެރިމީހާއާ ހަވާލު ކުރާތި.
ކަލޭގެ އަދާވާތްތެރިޔާ ބަނޑުހައިގެންފައި ހުރިނަމަ ކާންދޭށެވެ. ފެންބޮވައިގެންފައި ހުރިނަމަ ފެން ދޭށެވެ.
އެކަމަކު ތިޔަބައިމީހުންގެ ޢަދާވާތްތެރިން ދެކެ ލޯބިވުމަށް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިޔަބައިމީހުންނަށް އިހާނާތްތެރިކޮށް ހިތާ މީހުންނަށް ހެޔޮ އެދި ދުޢާކުރޭ.
އެއްވެސް މީހަކު ނުބައި ކަމެއްގެ ބަދަލު ނުބައި ކަމެއް ކުރިޔަ ނުދިނުމަށް ޔަޤީންކުރާށެވެ. ނަމަވެސް އެކަކު އަނެކަކަށް ހެޔޮކޮށް ހިތުމަށް އަބަދުމެ ގަދައަޅައި މަސައްކަތް ކުރާށެވެ. އަދި ހަމައެހެންމެ ހުރިހާ އެންމެންނާއި މެދުގައި ވެސް މެއެވެ.