Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 23:27 - ކިތާބުލް މުޤައްދަސާ

27 ކަލޭމެން ދިއުމުގެ ކުރީގައި އެމީހުންގެ މައްޗަށް އަހަރެން ބިރުވެރިކަމެއް ފޮނުވާނަން. ކަލޭމެން ދިޔައިމާ އެމީހުންގެ މެދަށް އޮޅުންބޮޅުންކަން ފޮނުވާނަން ކަލޭމެންގެ ދުޝްމިނުން ބިރުން ފިލަން ދުވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 23:27
17 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ދަރިންގެ އިތުރުން އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެން ބައިތުއީލްއަށް ދިއުމަށް އެރަށުން ފުރިއެވެ. އެބައިމީހުންގެ ދަތުރުގައި މާތްކަލާނގެ އެބައިމީހުންނަށް ރައްކާތެރިކަން ދެއްވިއެވެ. އެއާއެކު ކައިރީގައި ވީ ކަންޢާނުގެ އަވަށްތަކުގެ މީހުންގެ މައްޗަށް މާތްރަސްކަލާނގެ ބިރުވެރިކަން މެދުވެރިކުރެއްވިއެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން އެބައިމީހުންނަށް ޙަމަލައެއް ނާދެއެވެ.


އިނބަރަސްކަލާނގެ މިއަޅާގެ ދުޝްމިނުން ފައްސަވާލެއްވިއެވެ. މިއަޅާ ދެކެ ނަފްރަތު ކުރާ މީހުން މިއަޅާ ނައްތާލަމެވެ.


ކަލޭމެން ދާން ވާއިރަށް އެ ބިންތަކުން ކަންޢާނީންނާއި އަމޫރީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ޙިއްވީންނާއި ޔަބޫސީން ނެރުމަށް އަހަރެންގެ މަލާއިކަތު ފޮނުވާނަން.


ކަލޭމެންގެ ސަރަހައްދު ބޮޑުކޮށް ދިނުމަށް އަހަރެން އެހެން ޤައުމުތަކުގެ މީހުން ފައްސާލާނަން. ކަލޭމެން އެތިން ޢީދު ފާހަގަކުރުމަށް އަހަރެންގެ ކުރިމައްޗަށް އަންނަމުން ދާހާ ދުވަހަކު ކަލޭމެން ދެކެ އެއްވެސް ބަޔަކަށް ހަސަދަވެރިވެ ކަލޭމެންގެ ބިމަށް ގަދަވެއެއް ނުގަނެވޭނެ.


މިހެންވެ ފިލިސްޠީނުންގެ ލަޝްކަރުގެ ފޭލިގެތަކުގައިއާއި ދަނޑުމަތީގައި ތިބި މީހުންނާއި ބުރުޒުތަކުގެ މަތީ ފޯރިމަރަން ތިބި މީހުންނާއި ކުރިއަރައިގެން އައި ހަނގުރާމަވެރިން ބިރުގެންފިއެވެ. އެވަގުތު ބިންގަނޑު ގުޑުގުޑު އަޅައިގެންފިއެވެ. އެވަގުތު މާތްކަލާނގެ އެވަނީ އެމީހުން ފިތްކަނޑައިގެން ދާވަރުގެ ބިރުވެރި ކަމެއް ފޮނުއްވާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ