ނެރުއްވުން 23:24 - ކިތާބުލް މުޤައްދަސާ24 އެމީހުން އަޅުކަން ކޮށްއުޅޭ އިލާހުންތަކަށް ކަލޭމެން އަޅުކަން ކޮށްގެން ނުވާނެ. އަދި އެމީހުން ކުރަމުން ދިޔަކަހަލަ ފާހިޝްކަންތައް ކަލޭމެން ކޮށްގެން ނުވާނެ. ކަލޭމެން ޖެހޭނީ އެމީހުންގެ ކަލާނގެތައް ނައްތާލާ އެމީހުންގެ ހިލައިގެ ތަނބުތައް ވެސް ފުނޑުފުނޑު ކޮށްލަން. အခန်းကိုကြည့်ပါ။ |
ކަލޭމެން އަހަރެން ނޫން ފަރާތަކަށް ސަޖިދަ ޖަހައިގެން ނުވާނެ. ކަލޭމެން އެހެން ފަރާތަކަށް އަޅުކަން ކޮށްގެން ނުވާނެ. އެހެނީ އަހަރެންނަކީ ކަލޭމެންގެ އިލާހު، މާތްރަސްކަލާނގެ. ކަލޭމެން އަހަންނަށް ފުރިހަމައަށް އިޚްލާސްތެރި ވާން ވާނެ. ކަލޭމެންގެ މައިންބަފައިންގެ ފާފައިގެ އަސަރު އެމީހުންގެ ދަރިންގެ މައްޗަށް ވެސް އަހަރެން ފޯރުވާނަން. އެކަމުގެ ސަބަބުން މުޅި އާއިލާއަށް އޭގެ އަސަރު ފޯރައިގެންދާނެ. އަހަރެންނާމެދު ނަފްރަތުވާ މީހެއްގެ ދަރިންނާއި އެދަރިންގެ ތިން ދަރިކޮޅު ހަތަރު ދަރިކޮޅަށް ދާނދެން އެކަމުގެ އަސަރު ފޯރާނެ.