Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 23:23 - ކިތާބުލް މުޤައްދަސާ

23 އަހަރެންގެ މަލާއިކަތާ ކަލޭމެންގެ ކުރީގައި ހުރެގެން އަމޫރީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ކަންޢާނީންނާއި ޙިއްވީންނާއި ޔަބޫސީންގެ ބިމަށް ދާނެ. އޭނާ އެތަނުގައި ކަލޭމެންނަށް އުޅެވޭނެ ގޮތް ހަދައިދޭނެ. އަދި އަހަރެން އެތަނުގައި ތިބި އެންމެން ނައްތާލަ ދޭނަން.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 23:23
13 ပူးပေါင်းရင်းမြစ်များ  

އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ، މާތްކަލާނގެ އަހަރެންގެ އަމިއްލަ ޤައުމުންނާއި ބަފާކަލުންގެ ގެދޮރުން ނެރުއްވައި، މިރަށަށް އަހަރެން ގެނެސްދެއްވި ސަބަބަކީ މި ބިމަކީ އަހަރެންގެ ދަރިފަސްކޮޅަށް އަބަދަށްޓަކައި ދެއްވާނެ، ބިމެއް ކަމުގައި ވަޢުދުވެ ވޮޑިގެންފައިވާތީ. އަހަރެންގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތަށް އެހީތެރި ވުމަށްޓަކައި މާތްކަލާނގެ، އެކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ.


މި ސަރަހައްދުގެ މީސްތަކުންގެ މެދުގައި ކަމުވޮށިވެގެންވާ ޙިއްވީންގެ ދަރިކޮޅުގެ މީހެއް ކަމުގައިވާ ޙަމޫރުގެ ފިރިހެންދަރިފުޅު، ޝަކީމްއަށް ދީނާ ފެނުނެވެ. އެ ހިނދު މި ޝަކީމް ދީނާގެ މައްޗަށް ބާރުހިންގައި ގަދަކަމުން ޖިންސީ ގުޅުން ހިންގިއެވެ.


މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެއަށް މާތްރަސްކަލާނގެ އިސްރާއީލީންނަށްޓަކައި މިޞްރުގައި ފިރުޢައުނާ މެދު ކުރެއްވި ހުރިހާ ކަމެއްގެ ވާހަކައާއި، އަދި އިސްރާއީލީން ދަތުރުކުރެއްވި މަގުމަތީގައި ދިމާވި ހުރިހާ ދަތިއުނދަގޫތަކުން އެކަލާނގެ އެމީހުންގެ ސަލާމަތް ކުރެއްވި ގޮތުގެ ވާހަކަ ކިޔާ ދެއްވިއެވެ.


”⁠ނިކަން ބަލާ! އަހަރެން ކަލޭމެން ފޮނުވަން ހަމަޖައްސާތަނަށް ސަލާމަތްކަމާއެކު ކަލޭމެން ގެންގޮސްދޭން އެހީވުމަށް އަހަރެން މަލާއިކަތަކު އެބަ ފޮނުވަން.


އަހަރެން މިޞްރުގައި ކަލޭމެން ތިޔަ އުޅޭ ދަތިހާލުން ސަލާމަތް ކޮށްދެއްވަން ވަޢުދުވެ ވޮޑިގަންނަވަމުއޭ. އަދި މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމަކަށް އަހަރެން ކަލޭމެން ގެންދަވާނަމުއޭ. އެއީ މިހާރު ކަންޢާނީންނާއި، ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި ޔަބޫސީން ދިރިއުޅެމުންގެންދާ ބިމޭ.⁠“⁠‘


އެހެންވެ ހާރޫނުގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންގެ އަނބިދަރިންގެ ކަންފަތުގައި ހުރި ރަނުގެ މުދިތައް މަގޭ ގާތަށް ގެނޭ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ