Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 23:20 - ކިތާބުލް މުޤައްދަސާ

20 ”⁠ނިކަން ބަލާ! އަހަރެން ކަލޭމެން ފޮނުވަން ހަމަޖައްސާތަނަށް ސަލާމަތްކަމާއެކު ކަލޭމެން ގެންގޮސްދޭން އެހީވުމަށް އަހަރެން މަލާއިކަތަކު އެބަ ފޮނުވަން.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 23:20
26 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ އެދުވަހު އަބްރާމް އާއިއެކު ޢަހުދުނާމާއެއް ކުރައްވާ މިފަދައިން ވަޙީކުރެއްވިއެވެ. ”⁠މިޞްރުގެ ސަރަހައްދު ކައިރީގައި އޮންނަ ކޯރުން ފެށިގެން ފުރާތު ކޯރާއި ހަމަޔަށް ކަލޭގެފާނުގެ ދަރިފަސްކޮޅު އާބާދުވާނެ. އެއީ ޤައިނީންގެ ރަށާއި، ޤަނިއްޒީންގެ ރަށާއި، ޤަދްމޫނީންގެ ރަށާއި، ޙިއްޘީންގެ ރަށާއި، ފިރިއްޒީނުގެ ރަށާއި، ރަފާއީމުގެ މީހުންގެ ރަށާއި، އަމޫރީންގެ ރަށާއި، ކަންޢާނުގެ މީހުންގެ ރަށާއި، ޖިރްޖާޝީންގެ ރަށާއި، އަދި ޔަބޫސީންގެ ރަށާއި ހަމައަށް ތިބާގެ ދަރިފަސްކޮޅު ދެމިގެން ދާނެ.⁠“


ނަމަވެސް އަހަރެންގެ ސާހިބާ މިފަދައިން ޖަވާބުދެއްވި. ’⁠ތިމަންކަލޭގެފާނު ކިޔަމަންތެރިކަން އަދާކުރަނީ އަބަދުވެސް މާތްރަސްކަލާނގެއަށް. ތިމަންކަލޭގެފާނުގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތް ކާމިޔާބު ކޮށްދިނުމަށްޓަކައި މާތްރަސްކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ.


އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ، މާތްކަލާނގެ އަހަރެންގެ އަމިއްލަ ޤައުމުންނާއި ބަފާކަލުންގެ ގެދޮރުން ނެރުއްވައި، މިރަށަށް އަހަރެން ގެނެސްދެއްވި ސަބަބަކީ މި ބިމަކީ އަހަރެންގެ ދަރިފަސްކޮޅަށް އަބަދަށްޓަކައި ދެއްވާނެ، ބިމެއް ކަމުގައި ވަޢުދުވެ ވޮޑިގެންފައިވާތީ. އަހަރެންގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތަށް އެހީތެރި ވުމަށްޓަކައި މާތްކަލާނގެ، އެކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ.


އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި. މި ހިނދު މި ދެ ކުދިންގެ މައްޗަށް އެކަލާނގެ ބަރަކާތް ލެއްވުމަށް އަޅާ ދުޢާ ދަންނަވަމު. މި ދެ ކުދިން މެދުވެރި ކުރައްވައި އަޅާގެ ނަން ދަމަހައްޓަވާދޭނވެ! ހަމައެހެންމެ މިއަޅާގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނުގެ ނަންފުޅު ވެސް މި ދެ ކުދިން މެދުވެރި ކުރައްވައި ދަމަހައްޓަވައި މި ދުނިޔޭގެ ބިމުގައި މި ކުދިންގެ ދަރިކޮޅު އިތުރު ކުރައްވައިފާނދޭވެ.⁠“


ދެން ބަނީ އިސްރާއީލީންނަށް މަގުދައްކަވަމުން ވަޑައިގެންނެވި މާތްކަލާނގެ މަލާއިކަތާ އެ ލަޝްކަރުގެ ފުރަގަހަށް ވަޑައިގެންފިއެވެ. އަދި ވިލާގެ ތަނބު ވެސް ކުރިމަތީގައި ހުރެފައި އެ މީހުންގެ ފުރަގަހަށް އައިސް ހުއްޓިއްޖެއެވެ.


އެމީހުންގެ މައްޗަށް ބިރާއި ހާސްކަން ވެރިވެގެން ދިޔަ. އިނބަރަސްކަލާނގެ އަތްޕުޅުގެ މަތިވެރި ބާރުފުޅުން އެމީހުން ހިލަތަކެއް ފަދައިން ފުރާނަ ނެތިފައި ތިބީ. އިނބަރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ މީހުން ހުރަސްކުރަންދެން. އެއީ އިނބަރަސްކަލާނގެ އަޅުވެތިކަމުން ސަލާމަތް ކުރި މީހުން.


އިނބަރަސްކަލާނގެ އެމީހުން މުޤައްދަސް ފަރުބަދަމައްޗަށް ގެންނަވައި އެތާގައި ގަސްތަކެއް ފަދައިން އިންދަވާނެ. އޭ މާތްރަސްކަލާނކޯ! އެތަނަކީ އިނބަރަސްކަލާނގެ ގެކޮޅުގެ ގޮތުގައި ޚާއްސަ ކުރައްވައި ބާއްވާފައިވާ މަޤާމުފުޅު. އެއީ އިނބަރަސްކަލާނގެ އަތްޕުޅުން މާތްކުރެއްވި މަޤާމުފުޅެއް.


އަހަރެންގެ މަލާއިކަތާ ކަލޭމެންގެ ކުރީގައި ހުރެގެން އަމޫރީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ކަންޢާނީންނާއި ޙިއްވީންނާއި ޔަބޫސީންގެ ބިމަށް ދާނެ. އޭނާ އެތަނުގައި ކަލޭމެންނަށް އުޅެވޭނެ ގޮތް ހަދައިދޭނެ. އަދި އަހަރެން އެތަނުގައި ތިބި އެންމެން ނައްތާލަ ދޭނަން.


މިހާރު ދޭ. ގޮސް އަހަރެން އެންގި ތަނަށް އެމީހުން ގެންދޭ. ނިކަން ބަލާ! އަހަރެންގެ މަލާއިކަތާ އެ ދަނީ ކަލެއަށް މަގު ދައްކައިދޭން. އަހަރެން ހިސާބު ބަލަން އެމީހުން އެއްކުރާ ދުވަހަކުން ފާފަ ކުރި މީހުން އެކަމަށް ޒިންމާ ކުރުވާނަން.⁠“


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލެއާއެކުގައި ދާނީ ޚުދު އަހަރެން. އަހަރެން ކަލެއަށް އަރާމު ހޯދައިދޭނަން.⁠“


ކަލޭމެން ދާން ވާއިރަށް އެ ބިންތަކުން ކަންޢާނީންނާއި އަމޫރީންނާއި ޙިއްޘީންނާއި ފިރިއްޒީންނާއި ޙިއްވީންނާއި ޔަބޫސީން ނެރުމަށް އަހަރެންގެ މަލާއިކަތު ފޮނުވާނަން.


ދެން ރަސްގެފާނު އެމަނިކުފާނުގެ ކަނާތްޕުޅު ފަރާތުގައި ތިބި މީސްތަކުންނަށް ވިދާޅުވާނެ. ’⁠އަހަރެންގެ ބައްޕާފުޅު ތިޔަބައިމީހުންނަށް ބަރަކާތް ލައްވައިފި! ދުނިޔެ އުފެއްދެވުމުގެ ކުރިން ތިޔަބައިމީހުންނަށް ޓަކައި ތައްޔާރު ކުރެވިފައިވާ ރަސްކަން ލިބިގަތުމަށް އާދޭ.


ހުރިހާކަމެއް ތައްޔާރު ވުމުން އަހަރެންގެ ގާތަށް ކަލޭމެން ގެންދަން ބަލާ އަންނާނަން. އޭރުން ކަލޭމެންނަށް އަހަރެން ވާ ތަނެއްގައި އުޅެވޭނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ