ނެރުއްވުން 23:15 - ކިތާބުލް މުޤައްދަސާ15 ފުރަތަމަ ޢީދަކީ ކަމީރުނުލާ ބޯރޮށީގެ ޢީދު. ކަލޭމެން ކާ ބޯރޮއްޓަށް ހަތްދުވަސް ވަންދެން ކަމީރު ލައިގެން ނުވާނެ. އެއީ ކަލޭމެންނަށް އަހަރެން އަމުރުކޮށްފައިވާ ކަމެއް. ކޮންމެ އަހަރަކު ބަހާރު މޫސުމުކުގެ ކުރީކޮޅު ކަނޑައަޅާފައިވާ ދުވަސްތަކުގައި މި ޢީދު ފާހަގަ ކުރާތި. އެއީ އަބީބު މަހު ކަލޭމެން މިޞްރުން ބޭރުވި ދުވަސް ފާހަގަ ކުރުމަށްޓަކައި. އެކަކު ވެސް ވެދުން ޤުރުބާނީއާ ނުލައި އަހަރެންނާ ކުއްތަންވުމަށް ނާންނާތި. အခန်းကိုကြည့်ပါ။ |
ދެން މޫސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މިއަދުގެ މަތިން ކަލޭމެން ހަނދާން ކުރޭ. މިއަދަކީ ކަލޭމެން އަޅުވެތިވެފައި ތިބުމަށް ފަހު މިޞްރުން ނުކުތް ދުވަސް. މިއަދަކީ މާތްރަސްކަލާނގެ ކުޅަދުންވަންތަ މަތިވެރި ބާރުފުޅުން ކަލޭމެން އެރަށުން ބޭރުކުރެއްވި ދުވަސް. މިއަދު ކަމީރު ކުރި އެއްވެސް ރޮއްޓެއް ކައިގެން ނުވާނެ.
ކަލޭމެންގެ ޖަނަވާރުތަކުގެ ތެރެއިން އެންމެފުރަތަމަ އުފަންވާ ފިރިހެން ހިމާރުގެ ބަދަލުގައި ޅަކަންބަޅިއެއް ހުށައަޅައި އެ އެތި ޤުރުބާނުން ސަލާމަތް ކުރޭ. ކަލޭމެން އެހެން ހަދަން ބޭނުން ނޫންނަމަ އެ ހިމާރުގެކަރު ބިންދާލާ. އެކަމަކު ކަލޭމެން ގެ ދޮށީ ފިރިހެން ދަރީގެ ބަދަލުގައި ޖަނަވާރެއް ޤުރުބާން ކުރަންޖެހޭނެ. އެކަކު ވެސް ހުސްއަތާ އައިސްގެން ނުވާނެ.
ކަމީރުނުލާ ބޯރޮށީގެ ޢީދުގެ ފުރަތަމަ ދުވަހު މާތްރަސްކަލާނގެ ކިބަފުޅަށް ކުރެވޭ ޤުރުބާނުގެ ގޮތުން މި ޢީދުގެ ޚާއްސަ ޖާފަތަށް ޅަ ކަންބަޅިއެއް ކަތިލާންޖެހެއެވެ. އެ ހިނދު އީސާގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް ދެންނެވިއެވެ. ”މި ފަހަނަޅައި ދިއުމުގެ ޢީދުގެ ޚާއްސަ ޖާފަތް ކަލޭގެފާނަށްޓަކައި އަޅުގަނޑުމެން ތައްޔާރު ކުރުމަށް ކަލޭގެފާނު އެދިވަޑައިގަންނަވަނީ ކޮންތާނކުތޯ؟“
”ކަލޭމެން މާތްކަލާނގެ ފޮށިކޮޅު އަނބުރާ ފޮނުވާލާއިރު ހަދިޔާއަކާ ނުލާ ނުފޮނުވާތި. އެ ފޮށިކޮޅާއެކު ކުށުގެ ކައްފާރާއެއް ވެސް ފޮނުވަން ޖެހޭނެ. އޭރުން ކަލޭމެންގެ ބަލި ފަސޭހަވެދާނެ. އަދި މިހާ ދުވަސްވީ އިރު ވެސް ކަލޭމެންނަށް ސަޒާ ދެއްވުމުގައި އެކަލާނގެ ދެމި ހުންނެވީ ކީއްވެކަން ވެސް ކަލޭމެންނަށް އޭރުން އެނގޭނެ.“