Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 23:12 - ކިތާބުލް މުޤައްދަސާ

12 ހަފުތާއެއްގެ ތެރޭގައި މަސައްކަތް ކުރާނެ ހަ ދުވަސް ކަލޭމެންނަށް އޮންނާނެ. ހަތްވަނަ ދުވަހު މަސައްކަތް ހުއްޓާލައިގެން ތިބޭ. އޭރުން ކަލޭމެންގެ ގެރިތަކާއި ހިމާރުތަކަށް އަރާމު ކުރާނެ ވަގުތެއް ލިބޭނެ. އަދި ކަލޭމެންގެ އަޅުންނާއި ބީރައްޓެހިންނަށް ވެސް އަރާމު ކުރެވޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 23:12
13 ပူးပေါင်းရင်းမြစ်များ  

އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެންގެވީ މިހެން: ’⁠މާދަމައަކީ މުޅީން އަރާމުގެ ދުވަހެއް. އެއީ މާތްރަސްކަލާނގެއަށް ޚާއްސަ ކުރެވޭ ސަބަތުގެ ދުވަސް. ކަލޭމެން ބޭނުންވަރަކަށް މިއަދު ފިހެ ކައްކައި ހަދާފައި ބަހައްޓާ. ބާކީ ހުރި އެއްޗެއް މާދަމާ ހެނދުނަށް ބަހައްޓާ.⁠‘⁠“


އެކަމަކު ހަތްވަނަ އަހަރު ގޮވާން ކުރުން ހުއްޓާލައި އެބިން ތާޒާ ވަންދެން ބާއްވާ. ކަލޭމެންގެ ތެރޭން ފަގީރު މީހުން އެ ބިމުގައި އޭގެ އަމިއްލަ ޒާތުގައި ހެދޭ އެއްޗެހި ކައިބޮއި ހެދިޔަދީ. ބާކީ ހުރިއެއްޗެއް ވަލު ޖަނަވާރު ކާން ދޫކޮށްލާ. ކަލޭމެންގެ މޭބިސްކަދުރު ވެލާއި ޒައިތޫނި ގަސްތަކާއި މެދު ވެސް މި ގޮތަށް ކަންތައް ކުރޭ.


ކަލޭމެން މަސައްކަތް ކުރަން ހަފްތާއަކު ހަދުވަސް އޮންނާނެ. ހަތްވަނަ ދުވަހަކީ ގޮވާން އިންދަން ފަށާ ދުވަސް ވިޔަސް ނުވަތަ ގޮވާން ކަނޑާ ދުވަސް ވިޔަސް އެދުވަހު މަސައްކަތެއް ކޮށްގެން ނުވާނެ.


ކަލޭމެން މަސައްކަތްކޮށް އުޅެން ހަފްތާއަކު ހަ ދުވަސް އޮންނާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެދުވަސް ހޭދަކުރަން ވާނީ އަރާމު ކުރުމުގައި. އެއީ މާތްރަސްކަލާނގެއަށް ޚާއްސަކުރެވޭ މާތް ދުވަހެއް. އެދުވަހު މަސައްކަތެއް ކޮށްފި މީހާ މަރާލެވޭނެ.


އެދުވަހު އެކަކު ވެސް އުނދުން ވެސް ރޯކޮށްގެން ނުވާނެ.⁠“


އަދި އީސާގެފާނު މިފަދައިން ވާހަކަފުޅު ފުރިހަމަ ކުރެއްވިއެވެ. ”⁠ސަބަތު ވަނީ އިންސާނުންނަށްޓަކައި. އިންސާނުން ވަނީ ސަބަތަށްޓަކައެއް ނޫން.


މިދީނީ މަރުކަޒުގެ މުދިމު މިކަންތައްތައް ދެކެ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ ސަބަތުގެ ދުވަހެއްގައި އީސާގެފާނު މީހެއްގެ ބަލި ފަސޭހަ ކުރެއްވީތީއެވެ. އޭނާ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠ހަފްތާއަކު މަސައްކަތް ކުރުމަށް ހަ ދުވަސް ވޭ. ވީމާ ބަލިން ހެޔޮވުމަށް އެއިން ދުވަހެއްގެ ތެރެއިން ދުވަހެއްގައި އާދޭ. ސަބަތުގެ ދުވަހުގައި ނަޔަކަސް ވެދާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ