Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 23:1 - ކިތާބުލް މުޤައްދަސާ

1 ”⁠ހަޤީޤަތެއް ނެތް ބުންޏޭ ބުންޏޭ ވާހަކަތައް ނުފަތުރާތި. އަދި ކުށްވެރިޔަކާ އެއްކޮޅަށް ހެކިބަސްދީ އޭނާ ކުށުން ބަރީއަ ކުރަން ނޫޅޭތި.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 23:1
40 ပူးပေါင်းရင်းမြစ်များ  

އަދި ފޫޠީފާރު އެރޭ ގަނޑުވަރަށް އައުމުން އިހުނެކޭ އެއްފަދައިން އެވާހަކަ އޭނާގެ ފިރިމީހާއަށް މިފަދައިން ކިޔައިދިނެވެ. ”⁠ތިބާގެ ޢިބްރާނީ އަޅު ކުއްޖާ ގަދަކަމުން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަންނަން މިއަދު އުޅެފި!


ރަސްގެފާނު އެއްސެވިއެވެ. ”⁠މަފީބޫޝަތު ކޮބައިތަ؟⁠“ ސީބާ ދެންނެވިއެވެ. ”⁠މަފީބޫޝަތު ޖެރޫސަލަމުގައި މަޑު ކޮށްފި. އޭނާ ހީކޮށް އެހެރީ މިއަދު އިސްރާއީލީން އޭނާގެ ކާފަގެ ރަސްކަން އޭނާއަށް ދޭނެ ކަމަށް.⁠“


އެކަމަކު އޭނާ އަޅުގަނޑަށް ކެހިދީފައި ކަލޭގެފާނުގެ އަރިހަށް ގޮސް ކަލޭގެފާނު އަރިހު އަޅުގަނޑު ބަދުނާމު ކޮށް ނެތިމޮށުނީ. އަޅުނގަޑުގެ ސާހިބު ރަސްގެފާނު ތިޔައީ މާތްކަލާނގެ މަލާއިކަތެއް ފަދަ ބޭކަލެއް. ކަލޭގެފާނު ހިތްޕުޅާވާ ގޮތެއް ހައްދަވާ.


ކަލޭމެންގެ އަވަށްޓެރިޔާއާމެދު ދޮގުހެކި ނުދޭތި.


އެކަކު ވެސް ނުބައިކަމެއްގެ މަތިއަޅުވައި ޙައްގަކާ ނުލައި މީހަކު ކުށްވެރި ނުކުރާތި. ކުށެއް ނެތް މީހާއަށް މަރުގެ ޢުޤޫބާތް ނުދޭތި. އެހެނީ އެފަދަ ކަމެއް ކޮށްފި މީހަކާ މެދު ޙައްޤުގޮތުގައި ނިޔާކަނޑަނާޅައި އަހަރެން ދޫކޮށެއްނުލާނަން.


ނަފްރަތުކަން ހިތުގައި ފޮރުވައިގެން ހުންނާނީ ދޮގުވެރިޔާއެވެ. ނެތިމޮށޭ މީހާ އަކީ މޮޔައެކެވެ.


ތެދުވެރިޔާ ތެދު ހެކިދޭނެއެވެ. ދޮގުވެރިޔާ ދޭނީ ދޮގުހެއްކެވެ.


ތެދުވެރި ހެކިވެރިޔާ ބުނާނީ ތެދަށެވެ. ދޮގުވެރިޔާ ދޭނީ ދޮގުހެއްކެވެ.


ކުޓުވާ މީހުންގެ ބަސްތައް އަހާނީ ވިޔާނުދާ މީހުންނެވެ. ދޮގު އަޑުއަހާނީ ދޮގުވެރިންނެވެ.


ދޮގުހެކިދޭ މީހާ އެކުރަނީ އަދުލު އިންސާފަށް މަލާމާތެވެ. އެ ނުބައިނުލަފާ މީހުން ހީކުރަނީ ޖަރީމާއަކީ މީރު ކާނާއެއް ކަމަށެވެ.


ދޮގު ހެކިދޭ މީހާއަށް އަދަބު ނުލިބިއެއް ނުދާނެއެވެ. ދޮގުވެރިޔާއަކަށް ވެސް ސަލާމަތެއް ނެތެވެ.


ދޮގުހެކި ދޭ މީހާއަށް އެކަމުގެ ސަޒާ ނުލިބިއެއް ނުދާނެއެވެ. ދޮގުވެރިޔާ ހަލާކުވެދާނެއެވެ.


ދޮގު ހެކިވެރިންގެ އަނގަ ބަންދުކޮށްލެވެއެވެ. އެކަމަކު އިތުބާރު ކުރެވޭ މީހުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ލިބެއެވެ.


ސަބަބެއް ނެތި އަވަށްޓެރިޔާއާ އިދިކޮޅަށް ހެކިބަސް ނުދޭށެވެ. އެމީހުންނާ މެދު ދޮގު ނުހަދާށެވެ.


ދޮގު ހެކިބަހަކީ ކަނޑި އެތިފަހަރެއް ނުވަތަ މުގުރެއް ނުވަތަ ތީރެއް ފަދަ އެއްޗެކެވެ.


އުތުރުން ޖެހޭ ވަޔާއެކު ވާރޭ އަންނަ ހެން ދެބަކުޓުވާ ދުލަކުން ރުޅިވެރިކަން އުފައްދައެވެ.


އަދި ދޮގުހެކި އޮއްސާ މީހުންގެ އަނގަތަކެވެ. އާއިލާތައް ރޫޅަމުން ހިނގާ މީހުންގެ ދޫތަކެވެ.


އެމީހާ ދެންނެވިއެވެ. ”⁠އެއީ ކޮން އަމުރުފުޅުތަކެއްތޯ؟⁠“ އީސާގެފާނު ޖަވާބު ދެއްވިއެވެ. ”⁠މީހުން ނުމަރާތި. ޒިނޭ ނުކުރާތި. ވައްކަން ނުކުރާތި. ދޮގުހެކި ނުދޭތި.


އެދުވަހު ޒައްކާޔުސް އެގޭގައި ވީ އެންމެންގެ ކުރިމަތީގައި މާތްސާހިބާއަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! އަޅުގަނޑަށް ވާ ހުރިހާ މުދަލެއްގެ ދެބައިކުޅަ އެއްބައި މިރަށުގެ ހުރިހާ ފަގީރުންނަށް ހަމަ މިއަދު އަޅުގަނޑު ދޭނަން. އަދި އަޅުގަނޑު ހެދި މަކަރުތަކުގެ ސަބަބުން ގެއްލުމެއް ލިބުނު ކޮންމެ މީހަކަށް އެމީހެއްގެ އަތުން ނެގި ތަކެއްޗަށް ވުރެ ހަތަރު ގުނަ އިތުރަށް އެމީހަކަށް ދޭނަން.⁠“


އަދި ސިފައިންގެ މީހުންގެ ބަޔަކު ވެސް އެތަނަށް އައެވެ. އެމީހުން ވެސް ޔަޙުޔާގެފާނަށް ބުންޏެވެ. ”⁠އަހަރެމެން ތައުބާވެއްޖެކަން ހާމަ ކުރުމަށް ކުރަންވީ ކޮންކަމެއް؟⁠“ ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”⁠މީހުން އަތުން ގަދަކަމުން ފައިސާ ނާތުލާ. އަދި މީހުންނަށް ދޮގު ތުހުމަތުތައް ކޮށް ބިރުގަންނަވައިގެން ވެސް ފައިސާ ނާތުލާ. ކަލޭމެންނަށް ލިބޭ މުސާރައިން ހިތްހަމަ ޖައްސައިގެން ތިބޭ.⁠“


”⁠އަހަރެމެންގެ ޤާނޫނުގައިވާ ގޮތުގެ މަތިން މީހަކު ދައްކަނީ ކޮންވާހަކައެއްތޯ އަދި ކުރީ ކީއްތޯ އެމީހާ ކުރެން އަހާ އޮޅުން ނުފިލުވައި މީހަކު ކުށްވެރި ކުރުމަކީ ހުއްދަ ކަމެއް ނޫނެއް ނޫންތަ؟⁠“


އަހަރެމެން ހުރިހާ އެންމެންނަކީ އެއްހަށިގަނޑެއްގެ ވެރި ބައެކެވެ. އެހެންވެ ތިޔަބައިމީހުން ދޮގުހެދުން ހުއްޓާލައި އެކަކު އަނެކަކަށް ތެދުބުނާށެވެ.


އަދި ހިތުގައި ލޯތްބާއި މަޢާފު ދިނިމެއް ނުވާ ޙާލުގައެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރު ފޯރުވުމެއް ނެތި މީހުންގެ އަނބުރާ ބެހުމުގައެވެ. އަނިޔާވެރިވެ ހެޔޮ ކަންތަކަށް ނަފްރަތު ކުރުމުގައެވެ.


އަދި ތިޔަބައިމީހުންގެ ޟަމީރުގެ ސާފު ކަމާއެކުގައެވެ. އެހެންވީމާ، ތިޔަބައިމީހުންނާއި ދެކޮޅަށް ނޭދެވޭ ވާހަކަތައް ދައްކަމުން ދާ ބަޔަކުނަމަ، ތިޔަބައިމީހުން އުޅެމުންގެންދާ ހެޔޮލަފާ ދިރިއުޅުން ފެނި އެބައިމީހުން ލަދުވެތިވާނެއެވެ. ސަބަބަކީ ތިޔަބައިމީހުން އަލްމަސީޙަށް އީމާން ވެގެންވުމެވެ.


އެއަށް ފަހު، ހަރުއަޑަކުން ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު އަތުވެއްޖެ! މި ހިނދު މާތްރަސްކަލާނގެ، އެކަލާނގެ ދިންނެވުމާއި، ކުޅަދުންވަންތަކަމާއި އަމުރުވެރިކަމާއި އަދި ރަސްކަންފުޅާއި އެކަލާނގެ ހާއްސަކުރެއްވި އަލްމަސީޙުގެ އަމުރު މަޢުރޫފުވެރިކަން އައިއްސި. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ރޭގަނޑާއި ދުވާލު އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ތުހުމަތު ކުރި ޝައިތާނާ މި ހިނދު އެ ވަނީ ދުނިޔޭގެ ތެރެއަށް އެއްލާލެވިފަ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ