Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 22:9 - ކިތާބުލް މުޤައްދަސާ

9 ފަހަރުގައި ގެރިއެއް ހިމާރެއް ކަންބަޅިއެއް ނުވަތަ އަންނައުނެއް ނުވަތަ އެހެން ވެސް އެއްޗެއް ގެއްލިފައި އޮވެގެން ދެމީހެއްގެ ދެމެދުގައި ދެބަސް ވުމެއް އުފެދިއްޖެނަމަ އެ ދެމީހުން ވެސް މާތްކަލާނގެ ކުރިމައްޗަށް އައިސް ހުވާކުރަން ޖެހޭނެ. އެދެމީހުންގެ ތެރޭން ކުށްވެރިޔަކު މާތްކަލާނގެ ކަނޑައެޅުއްވުމުން އެމީހާ އޭގެ ދެގުނަ، ވެރިމީހާއަށް ދޭން ޖެހޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 22:9
17 ပူးပေါင်းရင်းမြစ်များ  

ތިބާގެ ޖަނަވާރަކަށް ވަލުޖަނަވާރެއް ޙަމަލާދީ މަރާލެވުނު ކޮންމެ ފަހަރަކު އެ މަރުވި ޖަނަވާރެއް ތިބާއަށް ދައްކާފައެއް ނުވާނެ. ނަމަވެސް އެކަމުގެ ގެއްލުން އަހަރެން ތިބާއަށް ފޫބައްދާދީފައިވާނެ. ދުވާލުގައި ނޫނީ އަދި ރޭގަނޑުގައި ވިޔަސް ތިބާގެ ޖަނަވާރުތަކުގެ ތެރެއިން ޖަނަވާރެއް މީހަކު ވަގަށްނެގި ކަމުގައި ވިޔަސް އޭގެ ފުރިހަމަ އަގު އަހަރެންގެ އަތުން ތިބާ އަތުލީމު.


މީހަކު އޭނާގެ ހިމާރެއް ގެރިއެއް ކަންބަޅިއެއް ނުވަތަ އެނޫން ވެސް ޖަނަވާރެއް ބެލެހެއްޓުމަށް އަވަށްޓެރިޔަކާ ހަވާލުކޮށްފައި ހުއްޓައި އޭން އެއްޗެއް މަރުވެ އަނިޔާއެއްވެ ގެއްލި ކަމެއްވެ އެވީ ގޮތެއް ނޭނގުނު ނަމަ،


ކަލޭމެން އެކަކު ވެސް މާތްކަލާނގެ މައްޗަށް ޤަދަރު ކުޑަކޮށްގެން ނުވާނެ. އަދި ކަލޭމެންގެ މައްޗަށް ހުންނަ ވެރިމީހާއަށް ލަޢުނަތުގެ ބަސްތަކުން މުޚާތަބު ނުކުރާތި.


މީހަކު ގެރިއެއް ނުވަތަ ހިމާރެއް ނުވަތަ ކަންބަޅިއެއް ވަގަށްނަގައިގެން އުޅެނިކޮށް އޭތި ދިރިއޮތްވާ ފެނިއްޖެނަމަ އޭގެ ވެރިމީހާއަށް އޭގެ ދެ ގުނަ ދޭން ޖެހޭނެ.


”⁠ތިބާގެ އަޚާ ތިބާއާއި ދެކޮޅަށް ކުށެއް ކޮށްފިނަމަ، އޭނާ އެކަހެރިކޮށް އޭނާއަށް އެކަން ވިސްނައިދީ. އޭނާ ތިބާގެ ބަސް އަޑު އަހައިފިނަމަ، ތިބާ އޭނާއަށް އެ އެހީތެރިވެދިނީ ޙަޤީޤީ އަޚުވަންތަކަމާއި އަދި އުޚުއްވަތްތެރިކަމާއި އެކުގައި.


ތިޔަބައިމީހުން ހިތުގެ އަޑިން ތިޔަބައިމީހުންގެ އަޚުންނާއި އުޚުތުންނަށް މަޢާފު ކުރޭ. އެހެނީ އެ ރަސްގެފާނު އެ އަމަލު ކުރެއްވި ފަދައިން އުޑުގައި ވޮޑިގެންވާ ބާއްޕާފުޅު ވެސް ތިޔަބައިމީހުންނާއި މެދު އަމަލުފުޅު ކުރައްވާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ