ނެރުއްވުން 22:6 - ކިތާބުލް މުޤައްދަސާ6 މީހަކު ހުއިވަލުގައި އަލިފާން އަންދަނިކޮށް އަލިފާންގަނޑު މަތަނުވެގެން ގޮސް އެހެންމީހެއްގެ ގޮވާން ދަނޑެއްގައި ނުކަނޑާ ހުރި ގޮވާންތަކެއް، ނުވަތަ މުޅި ދަނޑު އަނދައިފިނަމަ އެ އަލިފާން ރޯކުރި މީހަކު އޭގެ އަގު ދައްކަން ޖެހޭނެ. အခန်းကိုကြည့်ပါ။ |
ފަހަރުގައި ގެރިއެއް ހިމާރެއް ކަންބަޅިއެއް ނުވަތަ އަންނައުނެއް ނުވަތަ އެހެން ވެސް އެއްޗެއް ގެއްލިފައި އޮވެގެން ދެމީހެއްގެ ދެމެދުގައި ދެބަސް ވުމެއް އުފެދިއްޖެނަމަ އެ ދެމީހުން ވެސް މާތްކަލާނގެ ކުރިމައްޗަށް އައިސް ހުވާކުރަން ޖެހޭނެ. އެދެމީހުންގެ ތެރޭން ކުށްވެރިޔަކު މާތްކަލާނގެ ކަނޑައެޅުއްވުމުން އެމީހާ އޭގެ ދެގުނަ، ވެރިމީހާއަށް ދޭން ޖެހޭނެ.