Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 22:5 - ކިތާބުލް މުޤައްދަސާ

5 މީހެއްގެ ޖަނަވާރެއް އޭނާގެ ދަނޑުފިޔަވައި އެހެންމީހެއްގެ ދަނޑަކުން ވިނައާއި މޭބިސްކަދުރު ކާން ދޫކޮށްލައިފައި އޮވެއްޖެނަމަ އެޖަނަވާރުގެ ވެރިމީހާ އެކަމުގެ އަގު، އޭނާގެ އަތުގައި ހުރި އެންމެ މޮޅު ގޮދަނަކުން ނުވަތަ މޭބިސްކަދުރަކުން، ދަނޑުގެ ވެރިމީހާއަށް ދައްކަން ޖެހޭނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 22:5
7 ပူးပေါင်းရင်းမြစ်များ  

ވަޅު ކޮނުނު މީހާ އެ ޖަނަވާރުގެ ވެރިމީހާއަށް ފުރިހަމަ އަގު ދޭން ޖެހޭނެ. އެކަމަކު މަރުވި ޖަނަވާރު ލިބެން ޖެހޭނީ އަގުދިން މީހާއަށް.


އެކަމަކު އަސްލުގައި އެމީހާ އެޖަނަވާރު ވަގަށް ނެގި ކަމަށް ވާނަމަ ކުށްވެރިޔާ އޭގެ ވެރިމީހަށް އަގު ދައްކަން ޖެހޭނެ.


އެކަމަކު އެކަންތައް ހިނގީ ދުވާލުނަމަ ވަގުކަލޭގެ މަރާލިމީހާ ކުށްވެރިވާނެ. ވައްކަން ކުރި މީހާ އޭނާ ނެގި ހުރިހާ އެއްޗެއް އަނބުރާ ދޭން ޖެހޭނެ. އޭނާއަށް އަގު ނުދެއްކޭނަމަ އަޅެއްގެ ގޮތުގައި އެމީހާ ވިއްކާލައިގެން ވިޔަސް އެ ވައްކަމުގެ އަގު އަދާ ކުރަން ޖެހޭނެ.


މީހަކު ގެރިއެއް ނުވަތަ ހިމާރެއް ނުވަތަ ކަންބަޅިއެއް ވަގަށްނަގައިގެން އުޅެނިކޮށް އޭތި ދިރިއޮތްވާ ފެނިއްޖެނަމަ އޭގެ ވެރިމީހާއަށް އޭގެ ދެ ގުނަ ދޭން ޖެހޭނެ.


މީހަކު ހުއިވަލުގައި އަލިފާން އަންދަނިކޮށް އަލިފާންގަނޑު މަތަނުވެގެން ގޮސް އެހެންމީހެއްގެ ގޮވާން ދަނޑެއްގައި ނުކަނޑާ ހުރި ގޮވާންތަކެއް، ނުވަތަ މުޅި ދަނޑު އަނދައިފިނަމަ އެ އަލިފާން ރޯކުރި މީހަކު އޭގެ އަގު ދައްކަން ޖެހޭނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ