Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 22:29 - ކިތާބުލް މުޤައްދަސާ

29 އަހަރެންނަށް ކަލޭމެން ވެދުން ހުށަހަޅާއިރު އެހުށަހަޅާ ގޮދަނަކުން އަދި މޭބިސްކަދުރު ދިޔައަކުން ބައެއް ކަލޭމެން ނުފޮރުވާތި. ކަލޭމެންގެ ދޮށީ ފިރިހެން ދަރިން އަހަންނަށް ދޭން ވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 22:29
19 ပူးပေါင်းရင်းမြစ်များ  

ކަލޭމެންނަށް ލިބޭ ފުރަތަމަ ފިރިހެން ދަރިފުޅާއި ކަލޭމެންގެ ޖަނަވާރުގެ ފުރަތަމަ އެތި މާތްރަސްކަލާނގެއަށް ޚާއްސަ ކުރަން ވާނެ. އެއީ އެކަލާނގެއަށް ވާ ތަކެތި.


”⁠އިސްރާއީލީންގެ މީހުންނަށް ލިބޭ ފުރަތަމަ ފިރިހެން ދަރިފުޅު އަހަރެންގެ ކިބައަށް ޚާއްސަ ކުރޭ. އަދި ޖަނަވާރުތަކުގެ ދޮށީ އެއްޗާމެދު ވެސް އެފަދައިން ކަންތައް ކުރޭ. އެހެނީ އެއީ އަހަރެންނަށް ޚާއްސަ ތަކެތި.⁠“


ފުރަތަމަ ޢީދަކީ ކަމީރުނުލާ ބޯރޮށީގެ ޢީދު. ކަލޭމެން ކާ ބޯރޮއްޓަށް ހަތްދުވަސް ވަންދެން ކަމީރު ލައިގެން ނުވާނެ. އެއީ ކަލޭމެންނަށް އަހަރެން އަމުރުކޮށްފައިވާ ކަމެއް. ކޮންމެ އަހަރަކު ބަހާރު މޫސުމުކުގެ ކުރީކޮޅު ކަނޑައަޅާފައިވާ ދުވަސްތަކުގައި މި ޢީދު ފާހަގަ ކުރާތި. އެއީ އަބީބު މަހު ކަލޭމެން މިޞްރުން ބޭރުވި ދުވަސް ފާހަގަ ކުރުމަށްޓަކައި. އެކަކު ވެސް ވެދުން ޤުރުބާނީއާ ނުލައި އަހަރެންނާ ކުއްތަންވުމަށް ނާންނާތި.


ދެވަނައަށް ފާހަގަކުރަން ޖެހޭނީ ގޮވާން ކަނޑާ ޢީދު. އެ ޢީދުގައި ކަލޭމެން ފުރަތަމަ ކަނޑާ ގޮވާން އަހަރެންނަށް ހުށަހަޅަން ވާނެ. އެންމެފަހުން ފާހަގަ ކުރަން ޖެހޭނީ ގޮވާން މޫސުން ނިމޭ ޢީދު. އެއީ އެމޫސުމުގައި ކަލޭމެން އެންމެ ފަހުފަހަރަށް ގޮދަން ކެނޑުން ފާހަގަ ކުރާ ޢީދު.


ކަލޭމެން ގޮވާން ކަނޑާއިރު އެންމެ ފުރަތަމަ ކަނޑާ އެންމެ ރަނގަޅު ގޮވާން ކަލޭމެންގެ އިލާހު، ތިމަންކަލާނގެ ގެކޮޅަށް ހުށަހަޅަން ގެންދަން ވާނެ. ޅަ ބަކަރިއެއް އޭގެ މައިއެތީގެ ކިރުގައި ނުކައްކާތި.⁠“


ކޮންމެ އިންސާނަކަށް ނުވަތަ ޖަނަވާރަކަށް ލިބޭ ފުރަތަމަ ފިރިހެންދަރިއަކީ އަހަރެންނަށް ޚާއްސަ އެއްޗެއް. ކަލޭމެންގެ ގެރިބަކަރިތަކުގެ ތެރޭން އުފަންވާ ކޮންމެ ފިރިހެން އެއްޗަކީ ވެސް އަހަރެންގެ އެއްޗެއް.


ކަލޭމެންގެ ޖަނަވާރުތަކުގެ ތެރެއިން އެންމެފުރަތަމަ އުފަންވާ ފިރިހެން ހިމާރުގެ ބަދަލުގައި ޅަކަންބަޅިއެއް ހުށައަޅައި އެ އެތި ޤުރުބާނުން ސަލާމަތް ކުރޭ. ކަލޭމެން އެހެން ހަދަން ބޭނުން ނޫންނަމަ އެ ހިމާރުގެކަރު ބިންދާލާ. އެކަމަކު ކަލޭމެން ގެ ދޮށީ ފިރިހެން ދަރީގެ ބަދަލުގައި ޖަނަވާރެއް ޤުރުބާން ކުރަންޖެހޭނެ. އެކަކު ވެސް ހުސްއަތާ އައިސްގެން ނުވާނެ.


ނަމަވެސް އެންމެ ފުރަތަމަ ހޯދަންވީ މާތްރަސްކަލާނގެ ރަސްކަންފުޅު. އަދި ތިޔަބައިމީހުން އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރުމުގައިވޭ. އޭރުން އެކަލާނގެ ތިޔަބައިމީހުންނަށް ބޭނުންވާ ހުރިހާ އެއްޗެއް ވެސް ދެއްވާނެ.


އަދި އެކަލާނގެ މަތިވެރި އިރާދަފުޅުން އަހަރެމެންނަށް ޙައްޤު ބަސްފުޅު ދެއްވީ އެބަސްފުޅު މެދުވެރިކޮށް އަހަރެމެން އެކަލާނގެ ދަރިންގެ ގޮތުގައި އުފަން ކުރެއްވީ އެކަލާނގެ އުފެއްދެވި އެހެނިހެން މަޚުލޫގުންގެ އިސްސަފަށް ގެންދެވުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ