ނެރުއްވުން 22:28 - ކިތާބުލް މުޤައްދަސާ28 ކަލޭމެން އެކަކު ވެސް މާތްކަލާނގެ މައްޗަށް ޤަދަރު ކުޑަކޮށްގެން ނުވާނެ. އަދި ކަލޭމެންގެ މައްޗަށް ހުންނަ ވެރިމީހާއަށް ލަޢުނަތުގެ ބަސްތަކުން މުޚާތަބު ނުކުރާތި. အခန်းကိုကြည့်ပါ။ |
ޕައުލް އަނާނިޔާހު އަށް ބުންޏެވެ. ”ހުދު ދަވާދުލެވިފައިވާ ފާރެއް ފަދައިން ކަލޭ ވެސް ބޭރުފުށުން ވަރަށް ރީތިވެފަ ރަނގަޅު. އެކަމަކު މާތްރަސްކަލާނގެ ކަލެއަށް ވެސް އަޒާބު ދެއްވާނެ. އެއީ ކަލޭ ތިޔަ ގޮނޑީގައި އިށީނދެގެން ތީނީ އަހަރެންނާއި މެދު ޤާނޫނާއި ގަވާއިދުގެ މަތިން ޝަރީއަތް ކުރަން އެކަމަކު އެހެންމީހުންނަށް ތިޔަ އަންގަނީ ޤާނޫނާއި ގަވާއިދާއި ޚިލާފުވެ އަހަރެންގެ ގައިގައި ޖަހަން. ވީއިރު ކަލޭ ތިޔައީ ކޮންކަހަލަ ގާޒީއެއް ތަ؟“
ޚާއްސަކޮށް މި ޢުޤޫބާތަކީ ފާޙިޝް ނުތާހިރު ޚިޔާލުތަކާއެކު ނުބައި އަމަލުތައް ކުރަމުން ގެންދާ ފަރާތްތަކަށާއި އަދި އެކަލާނގެ ޢައްޔަނު ކުރެއްވި ވެރިންނަކީ އެއްވެސް ބައެއް ނޫންކަމަށް ހިތާ ފަރާތްތަކަށް ހުރި ޢުޤޫބާތެވެ. މިފަދަ ދޮގު އެދުރުންނަކީ ޖެހިލުންކުޑަ އަދި ހިތަށް އެރިހާ ކަމެއް ކުރަމުން ދާނެބައެކެވެ. އަދި ނޫރުލެއްވިގެންވާ ފަރާތްތަކާ މެދު ފާޑު ކިޔުމަށް ބިރުވެތިވާ ބައެއް ވެސް ނުމެ ނޫންމެއެވެ.
ކަލޭގެފާނުގެ ލޯފުޅުން ނޫންތޯ ތިޔަ ދެކެވަޑައިގަތީ އަޅުގަނޑުގެ އަތްދަށަށް މާތްރަސްކަލާނގެ ކަލޭގެފާނު ހޮހަޅައިގެ ތެރެއަށް ފޮނުއްވި ކަން. މީހުން އަޅުގަނޑުގެ ގާތު ބުނި ކަލޭގެފާނު އަވަހާރަކޮށްލާށޭ. އެކަމަކު އަޅުގަނޑު ކަލޭގެފާނަށް ރަޙުމުކުރީމެއް ނޫންތޯ؟ އަޅުގަނޑު ބުނިން ކަލޭގެފާނަކީ މާތްރަސްކަލާނގެ އައްޔަން ކުރައްވާފައި ހުރި ރަސްކަލެކޭ. އަޅުގަނޑުގެ ސާހިބާއާ އިދިކޮޅަށް އަތް ނުއުފުލާނަމޭ.