ނެރުއްވުން 22:23 - ކިތާބުލް މުޤައްދަސާ23 ކަލޭމެން މީހަކު އެފަދަ ކަމެއް ކޮށްގެން އޭގެ މީހަކު އަހަރެންނަށް ހުށަހަޅައިފިނަމަ އެ މީހުންގެ ރުއިމުގެ އަޑު އަހަރެން ނިކަން ހުރެ އަޑުއަހާނަން. အခန်းကိုကြည့်ပါ။ |
މި ފަނޑިޔާރުފަދަ މީހަކު ވެސް އެންމެ ފަހުން އިންސާފުން ކަންތައްކުރިއިރު ދެން މާތްރަސްކަލާނގެ އެކަލާނގެ ހޮއްވަވާ ޚާއްސަ ކުރެއްވި އެކަލާނގެ ކިބަފުޅަށް ދުވާލާއި ރޭގަނޑު އާދޭހާއި އެކު ރޮއި ހަދާ މީހުންނާއި ދޭތެރޭ އިންސާފުން ކަންތައް ނުކޮށް ހުންނާނެތަ؟ އެމީހުން އެދޭ ކަމެއް އެކަލާނގެ ކޮށް ނުދެއްވާ ހުންނާނެ ތަ؟
އަދި ކަލޭމެންގެ ދަނޑުތަކުގައި ގޮވާން ކޮށްދިން ދަނޑުވެރިންނަށް ކަލޭމެން ޚިޔާނާތްތެރިވެ އެބައިމީހުންނަށް ލިބިދޭންޖެހޭ މަސައްކަތުގެ އުޖޫރަ ނުދިނުމުން ކަލޭމެންނާއި ދެކޮޅުވެރިވެ އެބައިމީހުން އަޑުލަނީއެވެ. އެބައިމީހުން އުޖޫރައަށް އެދި ކުރި ޝަކުވާތަކުގެ އަޑު އެންމެހާ ކަމަކަށް ކުޅަދުންވަންތަ މާތްރަސްކަލާނގެ އައްސަވާވޮޑިގެންވިއެވެ.