21 ބީރައްޓެހިންނާ މެދު އިހާނެތިކޮށް ހިތައި ހިތުގަޖައްސައި ހަދައިގެން ނުވާނެ. ކަލޭމެން ހަނދާން ކުރަން ޖެހޭނެ، ޚުދު ކަލޭމެން މިޞްރުގެ ބިމުގައި އުޅުނީ ވެސް ބީރައްޓެހިންގެ ގޮތުގައި ކަން.
”އަހަރެންނަކީ މިޞްރުގެ ބިމުގައި ކަލޭމެން އަޅުވެތިވެފައި ވަނިކޮށް އެތަނުން ކަލޭމެން ސަލާމަތް ކޮށްދިން ކަލޭމެންގެ އިލާހު، ’މާތްރަސްކަލާނގެ‘.
ބީރައްޓެހިންނަށް ދުއްތުރާ ނުކުރާތި. އެހެނީ ކަލޭމެންނަކީ ވެސް އެއް އިރެއްގައި ބީރައްޓެހިންގެ ގޮތުގައި މިޞްރުގައި އުޅުނު ބައެއް.“