18 ސިހުރުހަދާ އަންހެނަކު ދިރިހުއްޓަ ދީގެން ނުވާނެ.
މީގެތެރެއިން ފަންޑިތައިގެ ކަންތައްތައް ކުރަމުން ދިޔަ މީހުން އެމީހުންގެ ފަންޑިތަ ފޮތްތައް ގެނެސް އެންމެންގެ ކުރިމަތީގައި އަލިފާންގަނޑެއް ރޯކޮށް އަންދާލިއެވެ. މި ފޮތްތަކުގެ އަގު އެތަންހާސް ރުފިޔާއެއް ކަމުގައި ވިއެވެ.
ބުދަށް އަޅުކަންކުރުން، ފަންޑިތަ ސިހުރު ހެދުން، މީހުންނަށް ނަފްރަތު ކުރުން، މީހުންނާ ނުގުޅުން، މީހުންނާއި ހަސަދަވެރިވުން، ރުޅިއައުން، އަމިއްލަ އެދުންބޮޑުވުން، ބައިބައިވުން އުފެއްދުން، އެމީހަކާ އެއްބަސްނުވާ އެންމެންނަކީ ނުބައި މީހުން ކަމުގައި ދުށުން،
ނަމަވެސް އެސަހަރުގެ ބޭރުގައި ތިބޭނީ ވަޙުޝީ އަމަލުތައް ކުރި މީސްތަކުންނާއި ފަންޑިތަވެރިންނާއި، ފާޙިޝް މީހުންނާއި، ގާތިލުންނާއި، ބުދަށް އަޅުކަންކުރާ މީހުންނާއި، އަދި އަމަލުންނާއި ބަހުން ދޮގުވެރިންނެވެ.
މިހާރު ޞަމޫއީލްގެފާނު އަވަހާރަވެ އިސްރާއީލީން އެކަމާ ހިތާމަކޮށް އެކަލޭގެފާނު ރާމާގައި ވަނީ ވަޅުލާފަ އެވެ. ޝާއުލްގެފާނު ވަނީ ހުރިހާ ފާލުބަލާ މީހުންނާއި ސިހުރުވެރިން އިސްރާއީލުގެ ރަށްތަކުން ފައްސާލައްވާފަ އެވެ.
އަންހެންމީހާ ބުންޏެވެ. ”ކަލެއަށް ވެސް އެނގޭނެ ޝާއުލް ރަސްގެފާނު އިސްރާއީލުގެ ބިމުން ފާލުބަލާ މީހުންނާއި ސިހުރުވެރިން ފައްސާލައިފައި ވާކަން. ކަލޭ އަހަރެން ތާށިކޮށް އަހަރެން މަރާ ކުރިމަތި ކުރުވަން ތިޔަ އުޅެނީ ކީއްވެތަ؟“