13 އެ ތަކެތި ވަލު ޖަނަވާރެއްގެ ޝިކާރައަކަށްވެ ނޮޅާލެވިފައި ވާނަމަ ބާކީ ހުރި ތަކެތި ހެއްކެއްގެ ގޮތުގައި ދައްކަން ވާނެ. އެއަކަށް އަގެއް ދޭކަން ނުޖެހޭނެ.
އެކަމަކު އަސްލުގައި އެމީހާ އެޖަނަވާރު ވަގަށް ނެގި ކަމަށް ވާނަމަ ކުށްވެރިޔާ އޭގެ ވެރިމީހަށް އަގު ދައްކަން ޖެހޭނެ.
މީހަކު އަވަށްޓެރިޔާގެ އަތުން އަނބުރާ ދޭގޮތަށް ޖަނަވާރެއް ގެންގޮސްގެން އުޅެނިކޮށް އޭގެ ވެރިމީހާ ނެތީސް އެއަށް ހާނީއްކައެއް ލިބި މަރުވެ ކަމެއް ވެއްޖެ ނަމަ އޭގެ ފުރިހަމަ އަގު އޭގެ ވެރިމީހާއަށް ދައްކަން ޖެހޭނެ.