Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 22:10 - ކިތާބުލް މުޤައްދަސާ

10 މީހަކު އޭނާގެ ހިމާރެއް ގެރިއެއް ކަންބަޅިއެއް ނުވަތަ އެނޫން ވެސް ޖަނަވާރެއް ބެލެހެއްޓުމަށް އަވަށްޓެރިޔަކާ ހަވާލުކޮށްފައި ހުއްޓައި އޭން އެއްޗެއް މަރުވެ އަނިޔާއެއްވެ ގެއްލި ކަމެއްވެ އެވީ ގޮތެއް ނޭނގުނު ނަމަ،

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 22:10
6 ပူးပေါင်းရင်းမြစ်များ  

ނަމަވެސް ޔޫސުފުގެފާނު އެ ދައުވަތަށް ކަނޑައެޅިގެން އިންކާރު ކުރައްވާ އެކަނބުލޭގެއަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެންގެ ސާހިބު އޭނާގެ ގޭގައިވާ އެންމެހާ ތަކެއްޗާއި އޭނާގެ މިލްކިއްޔާތުގައިވާ އެންމެހާ ތަކެތި އަހަރެންނާއި ޙަވާލުކޮށް އަދި އެތަކެއްޗަށް އަހަރެން ވެރިކުރުވީ އޭނާ އަހަރެންނަށް ކުރާ އިތުބާރުން.


އަވަށްޓެރިޔާ އަހަރެން ގަންދީ ހުވާކުރަން ވާނެ. އަވަށްޓެރިޔާ އެއެއްޗެއް ވަގަށް ނުނަގާކަން އަހަރެން ކަނޑައަޅައިފި ނަމަ އޭގެ ވެރިމީހާ އެ ނިޔާ ގަބޫލުކުރަން ވާނެ. އަދި އަވަށްޓެރިޔާ އެއަށް އަގު ދައްކާކަށް ނުޖެހޭނެ.


ފަހަރުގައި ގެރިއެއް ހިމާރެއް ކަންބަޅިއެއް ނުވަތަ އަންނައުނެއް ނުވަތަ އެހެން ވެސް އެއްޗެއް ގެއްލިފައި އޮވެގެން ދެމީހެއްގެ ދެމެދުގައި ދެބަސް ވުމެއް އުފެދިއްޖެނަމަ އެ ދެމީހުން ވެސް މާތްކަލާނގެ ކުރިމައްޗަށް އައިސް ހުވާކުރަން ޖެހޭނެ. އެދެމީހުންގެ ތެރޭން ކުށްވެރިޔަކު މާތްކަލާނގެ ކަނޑައެޅުއްވުމުން އެމީހާ އޭގެ ދެގުނަ، ވެރިމީހާއަށް ދޭން ޖެހޭނެ.


ނަމަވެސް އެކަންތައް ކުރެވެނީ ގޯސްކޮށް ކަން ނޭނގި ކަންތައްކުރާ މީހަކަށް ދެވޭ އަދަބު ކުޑަވާނެ. ގިނައިން ދެވިފައިވާ މީހެއްގެ އަތުން ލިބެންވާ ވަރު ވެސް ބޮޑުވާނެ. އަދި ގިނައިން ހަވާލު ކުރެވިފައިވާ މީހެއްގެ އަތުން އަތުލެވޭ ވަރު ވެސް ބޮޑުވާނެ.⁠“


ކަލޭމެން ދުނިޔެވީ މުދަލުގެ މައްޗަށް ތެދުވެރި ނުވާ ނަމަ ޙަޤީޤީ މުދާ ކަމުގައިވާ ސުވަރުގޭގެ މުދާ ކަލޭމެންގެ އަތް މައްޗަށް ދޫކޮށްލުމަށް އިތުބާރު ކުރެވޭނީ ކިހިނެއް؟


އަދި ވޭނާއެކު މި ހުރިހާ ކަމެއް އަހަރެންނަށް ކުރިމަތި މިވަނީ މި ސަބަބަށްޓަކައެވެ. އެހެނަސް އަހަރެން ލަދުވެތި ނުވަމެވެ. އަހަރެން އިތުބާރުކުރާ ފަރާތަކީ ކޮބައިކަން އަހަރެން ދަންނަމެވެ. އެކަލޭގެފާނު އަހަންނާއި ޙަވާލު ކުރެއްވި ކަންތައް އެކަލޭގެފާނު އަލުން އަނބުރާ ވަޑައިގަންނަވާ ދުވަހާއި ހަމައަށް ރައްކާތެރި ކުރައްވާނެކަން އަހަންނަށް ކަށަވަރުވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ