Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 21:8 - ކިތާބުލް މުޤައްދަސާ

8 ސާހިބުމީހާ އަމިއްލައަށް ހޮވި އަޅު އަންހެނާ އާމެދު ހިތްހަމަ ނުޖެހުނަސް ހިލޭ މީހަކަށް އެކަނބުލޭގެ ވިއްކާލައިގެން ނުވާނެ. އޭނާ ވިއްކާލަން ޖެހޭނީ އޭނާގެ ބައްޕައަށް. އެހެނީ އެ ދެމެދުގައި ކުރެވުނު އެއްބަސްވުމާ ޚިލާފުވި މީހަކީ އެ ގަތް މީހާ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 21:8
13 ပူးပေါင်းရင်းမြစ်များ  

ޢީސޫއަށް އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިން ކަންޢާނުގެ އަންހެނުންނާއި ކައިވެނި ކުރުމަށް އެދިވަޑައި ނުގަންނަވާކަން ފާހަގަ ކުރެވުނެވެ.


މީހަކު އޭނާގެ އަންހެން ދަރިއަކު ވިއްކައިފިނަމަ ހަ އަހަރު ފުރުނަސް ފިރިހެން އަޅުން ފަދައިން އެ ކަނބުލޭގެ މިނިވަނެއް ނުވާނެ.


އެކަމަކު ވެރިމީހާގެ ފިރިހެން ދަރިފުޅާ އެކަނބުލޭގެ ކައިވެނި ކުރުވައިފިނަމަ އެ ކަނބުލޭގެއާ މެދު ކަންތައް ބަހައްޓަން ޖެހޭނީ އޭނާގެ ދަރިއެއްގެ ގޮތުގައި.


މޫސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު ދާން ނުކުންނަމުން މާތްރަސްކަލާނގެއަށް ދުޢާ ދަންނަވައިދޭނަން. އޭރުން މާދަމާ ރަސްގެފާނާއި ވަޒީރުންނާއި އެހެން ވެސް މީހުންގެ މަތިން މެހީގެ އުނދަގޫ ފިލައިގެން ދާނެ. އެކަމަކު އަޅުގަނޑު ރަސްގެފާނަށް އިންޒާރުކޮށް ދަންނަވަން، އަނެއްފަހަރު އަޅުގަނޑުމެންނަށް އިތުރުފުޅު ނުހައްދަވާތި. އަޅުގަނޑުމެން މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ދިއުން ހުއްޓުވައިގެން ނުވާނެ.⁠“


މިހެން ކިޔަން ހެދީމާ ޝާއުލްގެފާނު ވަރަށް ކޯފާވެއްޖެއެވެ. ޝާއުލްގެފާނު ހިތްޕުޅަށް އެރިއެވެ. ”⁠އެ ކިޔަނީ ދާއޫދު ދިހަހާސް މީހުން މެރި އިރު އަހަރެން މެރީ އެންމެ އެއްހާސް މީހުންނޭ. މިހާރު ދާއޫދުއަށް ނުލިބިއޮތީ ހަމަ އެކަނި ރަސްކަން.⁠“


މި މީހުން ރަސްކަލަކު އިސްކުރަން ވާހަކަ ދެއްކުމުން އެކަން ޞަމޫއީލަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން އޭނާ މާތްރަސްކަލާނގެއަށް ދުޢާ ދެންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ