34 ވަޅު ކޮނުނު މީހާ އެ ޖަނަވާރުގެ ވެރިމީހާއަށް ފުރިހަމަ އަގު ދޭން ޖެހޭނެ. އެކަމަކު މަރުވި ޖަނަވާރު ލިބެން ޖެހޭނީ އަގުދިން މީހާއަށް.
އެ ފަގީރު މީހާގެ ޅަކަންބަޅީގެ އަގު ހަތަރު ގުނައަށް އަދާ ކުރަން ޖެހޭނެ. ތިޔަ މީހާގެ ކިބައިގައި ކުޑަވެސް ރަޙުމެއް ނެތް.“
މީހަކު ވަޅެއް ކޮނެފައި އެވަޅުގެ މަތިނާޅާ ހުއްޓާ ގެރިއެއް ނުވަތަ ހިމާރެއް އެ ވަޅަށް ވެއްޓިއްޖެ ނަމަ،
މީހެއްގެ ގެރިއެއް އަވަށްޓެރިޔެއްގެ ގެރިއަކަށް ހަމަލަދީގެން އޭތި މަރުވެއްޖެނަމަ ގެރީގެ ވެރިމީހާ އެ ގެރި ވިއްކާލާފައި ލިބުނު ފައިސާއެއް ދެމީހުންގެ މެދުގައި ހަމަޔަށް ބަހަން ވާނެ. އަދި މަރުވި ގެރީގެ މުޅަމަސްގަނޑު ދެމީހުން މެދުގައި ހަމަޔަށް ބަހަން ވާނެ.
މީހަކު އަވަށްޓެރިޔާގެ އަތުން އަނބުރާ ދޭގޮތަށް ޖަނަވާރެއް ގެންގޮސްގެން އުޅެނިކޮށް އޭގެ ވެރިމީހާ ނެތީސް އެއަށް ހާނީއްކައެއް ލިބި މަރުވެ ކަމެއް ވެއްޖެ ނަމަ އޭގެ ފުރިހަމަ އަގު އޭގެ ވެރިމީހާއަށް ދައްކަން ޖެހޭނެ.
އެކަމަކު އެކަންތައް ހިނގީ ދުވާލުނަމަ ވަގުކަލޭގެ މަރާލިމީހާ ކުށްވެރިވާނެ. ވައްކަން ކުރި މީހާ އޭނާ ނެގި ހުރިހާ އެއްޗެއް އަނބުރާ ދޭން ޖެހޭނެ. އޭނާއަށް އަގު ނުދެއްކޭނަމަ އަޅެއްގެ ގޮތުގައި އެމީހާ ވިއްކާލައިގެން ވިޔަސް އެ ވައްކަމުގެ އަގު އަދާ ކުރަން ޖެހޭނެ.
މީހަކު ހުއިވަލުގައި އަލިފާން އަންދަނިކޮށް އަލިފާންގަނޑު މަތަނުވެގެން ގޮސް އެހެންމީހެއްގެ ގޮވާން ދަނޑެއްގައި ނުކަނޑާ ހުރި ގޮވާންތަކެއް، ނުވަތަ މުޅި ދަނޑު އަނދައިފިނަމަ އެ އަލިފާން ރޯކުރި މީހަކު އޭގެ އަގު ދައްކަން ޖެހޭނެ.
އެހެނަސް ވައްކަން ކުރަނިކޮށް އަތުލައިގަނެވިއްޖެ ނަމަ، އޭނާ ނެގި އެއްޗެއްގެ ހަތްގުނަ ދައްކަން ޖެހެއެވެ. އެކަމުން އޭނާ އިފްލާސް ވިޔަސް ވެސް މެއެވެ.