31 ގެރީގެ ހަމަލައެއްގައި ފިރިހެން ކުއްޖަކު ނުވަތަ އަންހެން ކުއްޖަކު މަރުވިޔަސް އަމަލު ކުރަންޖެހޭނީ މި ގަވާއިދާ އެއްގޮތަށް.
ގެރިއެއްގެ ހަމަލައަކުން މީހެއްގެ ފުރާނަ ހިނގައްޖެނަމަ އެގެރި ގަލުން ތަޅައި މަރާލަން ޖެހޭނެ. އަދި އޭގެ މަސް ކައިގެން ވެސް ނުވާނެ. އެހެނަސް އެގެރީގެ ވެރިމީހާއަށް އެކަމުގެ އަދަބު ދީގެންނުވާނެ.
އެކަމަކު މަރުވި މީހާގެ އާއިލާއިން އެދޭނަމަ ގެރީގެ ވެރިމީހާ އެމީހުންނަށް މަރުގެ ދިޔަ ދިނުމުން އޭނާ މަރާނުލައި ދޫކޮށްލެވޭނެ.
އެކަމަކު ގެރީގެ ހަމަލައެއްގައި މަރުވީ އަންހެން އަޅެއް ނުވަތަ ފިރިހެން އަޅެއް ނަމަ ޖަނަވާރުގެ ވެރިޔާ އެ އަޅުގެ ވެރިޔާއަށް ތިރީސް ރިހި ފައިސާފޮތި ދޭން ޖެހޭނެ. އަދި ގެރި ގަލުންތަޅައި މަރާލަން ވާނެ.