30 އެކަމަކު މަރުވި މީހާގެ އާއިލާއިން އެދޭނަމަ ގެރީގެ ވެރިމީހާ އެމީހުންނަށް މަރުގެ ދިޔަ ދިނުމުން އޭނާ މަރާނުލައި ދޫކޮށްލެވޭނެ.
ދެމީހަކު ތަޅާފޮޅަނިކޮށް ބަލިވެއިން އަންހެނެއްގެ ގައިގައި ޖެހިގެން އޭނާ ދުވަސް ނުފުރައި ވިހައިފިނަމަ، އަދި އިތުރު އެހެން ގެއްލުމެއް ނުލިބުނަސް އޭނާގެ ފިރިމީހާ އެދޭވަރަކަށް ނުވަތަ ފަނޑިޔާރަށް ފެންނަވަރަކަށް ބަދަލު ދޭން ޖެހޭނެ.
އެކަމަކު އެ ގެރިޔަކީ މީހުންނަށް ހަމަލަދީ އުޅޭ އެއްޗެއް ކަން ވެރިމީހާއަށް އިންޒާރު ދެވިފައިވާ އިރު ވެސް އެކަމަށް ފިޔަވަޅެއް ނާޅާ ހުއްޓާ އެގެރީގެ ހަމަލައަކުން މީހަކު މަރުވެއްޖެނަމަ ގެރި އާއެކު އޭގެވެރި މީހާ ވެސް މަރާލަން ޖެހޭނެ.
ގެރީގެ ހަމަލައެއްގައި ފިރިހެން ކުއްޖަކު ނުވަތަ އަންހެން ކުއްޖަކު މަރުވިޔަސް އަމަލު ކުރަންޖެހޭނީ މި ގަވާއިދާ އެއްގޮތަށް.
”ކަލޭ އިސްރާއީލީން ބޯ ހިމަނާއިރު ގުނާލެވޭ ކޮންމެ ފިރިހެނެއްގެ އަތުން އޭނާގެ ނަފްސުގެ އަގުނަގާ. އެމީހުން އެ އަގުދައްކަމުން ދާހާ ހިނދަކު އެމީހުންގެ މައްޗަކަށް ބަލިމަޑުކަމެއް ނާންނާނެ.
މުއްސަނދިމީހާ ދިރިހުރުމަށްޓަކައި އަގެއް ދައްކަން ޖެހިދެއެވެ. ފަގީރު މީހަކަށް އެފަދަ ބިރެއް ކުރިމައްޗެއް ނުވެއެވެ.